ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 09:38
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އޭއެފްޕީ
ޓްރަމްޕް
ވާރލްޑް އިކޮނޮމިކް ފޯރަމްގައި ޓްރަމްޕް ބައްދަލުކުރައްވާނެ ލީޑަރުންގެ ނަންތައް އިޢުލާންކޮށްފި
 
ވޯރލްޑް އިކޮނޮމިކް ފޯރަމްގައި ދުނިޔޭގެ ގިނަ ލީޑަރުންނާއި ޓްރަމްޕް ބައްދަލުކުރައްވާނެ
 
ވޯރލްޑް އިކޮނޮމިކް ފޯރަމް ކުރިޔަށްދާނީ 21-25 ޖެނުއަރިއަސް ޑާވޯސްގައި

މިއަދު ފަށާ ވާރލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވަން ހަމަޖެހިފައިވާ ދުނިޔޭގެ ލީޑަރުންގެ ނަންފުޅުތައް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން އިޢުލާން ކޮށްފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ސްވިޓްޒަރލޭންޑުގައި ކުރިޔަށްދާ ވާރލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން ޓްރަމްޕް ބައްދަލުކުރައްވާނެކަމަށް ވައިޓްހައުސް އިން އިޢުލާންކޮށްފައިވާ ބޭފުޅުންގެ ތެރޭގައި، އިރާޤުގެ ރައީސް ބަރްހާމް ޞާލިޙު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ހިމެނެއެވެ.

މީގެ އިތުރުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮންއާއި، ވާރލްޑް އިކޮނޮމިކް ފޯރަމްގެ ބާނީ ކްލައުސް ޝްވޮބްގެ އިތުރުން، ސްވިޒް ކޮންފަޑެރޭޝަންގެ ރައީސް ސިމޮނެޓާ ސޮއްމަރުގަ ހިމެނެއެވެ.

ވައިޓް ހައުސް އިން ޓްރަމްޕް ބައްދަލުކުރައްވާނޭ ލީޑަރުންގެ ނަން ހާމަކުރި ނަމަވެސް، މި ބައްދަލުވުންތަކުގެ ތަފުޞީލެއް ނުދެއްވައެވެ. ވާރލްޑް އިކޮނޮމިކް ފޯރަމްގައި ޓްރަމްޕް ބައިވެރިވަޑައިގަންނަވަނީ، އޭނާގެ ޝަރީޢަތް ސެނެޓުގައި ފަށަން ތައްޔާރުވެފައި ވަނިކޮށްނެވެ. އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން އޭނާ އަޒުލު ކުރަން ނިންމުމާއި ގުޅިގެން ޤައުމުގެ ރައްޔިތުންގެ މެދުގައި އޭނާގެ މަޤުބޫލުކަން ގެއްލެމުންދާ ދަނޑިވަޅެއްގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް