ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 02:42
މާކަސް ރަޝްފޯޑް
މާކަސް ރަޝްފޯޑް
ގެޓީ އިމޭޖަސް
މާކަސް ރަޝްފޯޑް
ރަޝްފޯޑުގެ އަނިޔާ ސީރިއަސް، ދެމަހަށް ކުޅުމާއި ދުރުގައި!
 
ރަޝްފޯޑް އަށް އަނިޔާވީ ވުލްްވްސް އާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި

މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑުގެ އަނިޔާ ސީރިއަސް ކަމަށާއި ކުޅުމާއި ދުރުގައި ދެ މަސް ހުންނަން ޖެހޭނެކަމަށް ޔުނައިޓެޑުން ބުނެފިއެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެގަނަ ޝޮލްޝަޔާ ބުނީ ރަޝްފޯޑްގެ ބުރަކަށީ ކަށިގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ހަ ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ ކަމަށާއި ރަޝްފޯޑަށް އަނިޔާ ވުމަކީ ޓީމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އޭނާ އުންމީދު ކުރަނީ ރަޝްފޯޑް އަނިޔާއިން ސަލާމަތްވެ އަވަހަށް ކުޅުމަށް އަންނާނެ ކަމަށް ކަމަށެވެ.

މި ސީޒަންގައި ޔުނައިޓެޑާއި އެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑަށް އަނިޔާވީ އިނގިރޭސި އެފްއޭ ކަޕްގައި ވުލްވްސް އަތުން އެޓީމް މޮޅުވި މެޗުގައެވެ. މި މެޗުގެ ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރަޝްފޯޑަށް އަނިޔާވީ އޭނާ ކުޅެން އެރިތާ ފަނަރަ މިނެޓު ފަހުންނެވެ. އޭރުވެސް މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި އޭނާގެ އަނިޔާ ސީރިއަސް އެވެ.

ރަޝްފޯޑްވަނީ މި ސީޒަންގައި ޔުނައިޓެޑަށް މިހާތަނަށް 19 ލަނޑު ޖަހާދީފައެވެ. މިވަގުތު އެ ޓީމްގެ އެންމެ ފޯމުގައި ހުރި ފޯވާޑަކީ ވެސް އޭނާއެވެ. ޝޯލްޝަޔާ ބުނީ މި ސީޒަންގައި ޔުނައިޓެޑަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓީމްގެ މުހިންމު ކުޅުންތެރިންގެ އަނިޔާތައްކަމަށާއި، މިއީ ކޮންމެ ކޯޗަކަށްވެސް ދިމާވެދާނެ އުނދަގޫ ހާލަތެއްކަމަށާއި ނަމަވެސް ޔުނައިޓެޑުން ބަލާނީ މިހާލަތުން ޓީމު ސަލާމަތްވެ ކުރިޔަށް ހުރި މެޗުތަކުން މޮޅުވާން ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް