ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 02:33
މެޗުގެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ
މެޗުގެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ގްރާންޑޭ ބަލިކޮށް ޓީސީއިން ދެވަނައަށް އެރުމުގެ އުންމީދު އާކޮށްފި
 
މި މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ތާވަލުގެ ދެވަނައަށް އެރުމުގެ އުންމީދު އާކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޓީސީއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު ގްރާންޑޭއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 4 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އޮބައިދާ އެވެ. މި ލަނޑާއެކު ޓީސީއިން ވަނީ ކުރިޔަށްޖެހި އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ޓީސީއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ ދަގަނޑޭ މި ޓްރާންސްފަރ މާކެޓްގައި ޓީސީއަށް ބަދަލުވެ އެޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޓީސީއިން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކުރިއިރު މި ހާފުގައި ޓީސީއަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. ޓީސީއިން ލީޑު ނެގީ މެޗުގެ 78 ވަނަ މިނެޓުގައެވެ. މި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މި ލަނޑަށްފަހު ވެސް ޓީސީއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. މެޗުގެ 84 ވަނަ

މިނެޓުގައި ޓީސީއިން ވަނީ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ޓްރާންސްފަރ މާކެޓްގައި އެޓީމަށް އަލަށް ގުޅުނު ބިދޭސީ ފޯވާޑް މެލްކޮމް ސްޓެވާޓް އެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގްރާންޑޭގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނީ މެޗަށް ނިކުތްއިރު ވެސް މި މެޗަކީ އުނދަގޫ މެޗެއްކަން އިނގޭ ކަމަށާއި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ޓީސީ ގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ މެޗަށް ނިކުތީ ޕްރެޝަރާއިއެކު ކަމަށާއި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. މީގެ އިތުރުން ޝާޒްލީ ބުނީ ޓީސީގެ އަމާޒަކީ ކުރިޔަށް އޮތް އަހަރުގެ އޭއެފްސީ ކަޕުގެ ޖާގައެއް ހޯދުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް