ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 23:10
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ޝުއައިބް މުހައްމަދު އިގްބާލް
އަދީބު
ހިޔާނަތްތެރި ވުމުގައި ބައިވެރިވެގެން އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ
 
އެންމެ ފަހުން ތާވަލު ކުރި އަޑުއެހުން ވަނީ ވަކީލުގެ އެދިލެއްވުމަކަށް ކެންސަލް ކޮށްލާފައި
 
އަޑުއެހުން ތާވަލުކޮށްފައިވަނީ އަންގާރަ ދުވަހު މެންދުރު 02:00 އަށް
 
ދައުލަތުން ވަނީ ހިޔާނާތުގެ އިތުރު ދައުވާތަކެއް އަދީބުގެ މައްޗަށް އުފުލާފައި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޤަފޫރުގެ މައްޗަށް ކޮށްފައިވާ ހިޔާނަތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށައެޅިފައިވާ މި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު މެންދުރު 02:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވާއިރު، މި މައްސަލައިގައި އެންމެ ފަހުން ތާވަލު ކުރި އަޑުއެހުން ވަނީ ވަކީލުގެ އެދިލެއްވުމަކަށް ކެންސަލް ކޮށްލާފައެވެ.

އަދީބުގެ މައްޗަށް ހިޔާނާތުގެ އިތުރު ދައުވާތަކެއް އުފުލިފައިވާއިރު، ޓަގު ބޯޓެއްގެ ފަޅުވެރިއަކަށްވެގެން ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލާގައި އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކުރި ހުކުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. އެގޮތުން ދައުލަތުންކުރި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ ތިން މަހާއި 18 ދުވަހު ޖަލަށްލާން ހުކުމްކުރި ފަހުންވެސް ދައުލަތުން ވަނީ ހިޔާނާތުގެ އިތުރު ދައުވާތަކެއް ވެސް އަދީބުގެ މައްޗަށް އުފުލައިފައެވެ.

ޅ. މާބިންހުރާ ކުއްޔަށްދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ އަދީބުގެ މައްޗަށް ސާބިތުނުވާކަމަށް ހުކުމްކުރުމާއި ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް އެ މައްސަލާގައި އަދީބު މުޖުތަމައަށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީ އާއި ފިއްލަވާފާނެތީ އަދި އެކަން ކަށަވަރުވެފައިވާތީ ޝަރީއަތް ނިމެންދެން އަދީބު ހައްޔަރުކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދުމުން ސުޕްރީމް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރިފައިވެއެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން ބަލި ހާލަތަށް ބެލުމަށްފަހު ޖަލު ބަންދުގައި ހުންނެވުމަށްފަހު އަދީބު ގެއަށް ބަދަލު ކޮށްފައިވަނިކޮށް ވަރގޯ 9 ކިޔާ ޓަގް ބޯޓެއްގައި އިންޑިއާގެ ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް