ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 19:39
އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް
ރައްޔިތުންގެ މަޖިލިސް
ހަސަން ލަތީފް
ކިތަންމެ ވަރަކަށްވެސް ބޯޅަ ޖެހިދާނެ، ގޯލަށް ވައްދާނީ އެމްޑީޕީން: ހަސަން ލަތީފް
 
އިދިކޮޅުންވެސް ދަނީ އިންތިހާބަށް ކެމްޕޭނު ކުރަމުން
 
ރައީސް ނަޝީދު އާއި ރައީސް ސޯލިހު ގެންދަވަނީ އިދިކޮޅަށް ފާޑު ވިދާޅުވަމުން
 
އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގަނީ އެމްޑީޕީން އެކަނި: ހަސަން ލަތީފް

ކޮންމެ ޕާޓީއަކަށްވެސް ކެމްޕޭނު ހަރަކާތްތައް ހިންގިދާނެ ކަމަށާއި، ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމުގެ ''ފޯމިއުލާ'' އޮތީ އެމްޑީޕީ އަތުގައި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް ވިދާޅުވީ، ކައުންސިލް އިންތިހާބު، ކާމިޔާބު ކުރެވޭނެކަން ޔަގީންކަމާއި އެކު އެ ޕާޓީން ބުނަމުންދާ ސަބަބަކީ، އިންތިޒާމުވެގެން ސިޔާސީ ހަރަކާތްތައް ހިންގަނީ ހަމައެކަނި އެމްޑީޕީ ކަމަށެވެ.

މީޑިއާތައް މެދުވެރިކޮށް އެމްޑީޕީން ކެމްޕޭނުތަކަށް ގެންގުޅޭ ''އުކުޅުތައް'' ތަފްސީލު ގޮތެއްގައި ކިޔައިދެމުންދާތީ އިދިކޮޅުން އެ ''އުކުޅުތައް'' ދަސްކޮށް އެއަށްވުރެ ރަނގަޅަށް އެކަން ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ބުނުމަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، އެ ވާހަކަތަކަކީ އެއްވެސް ގޮތަކަށް ގަބޫލުކުރާ ވާހަކަތަކެއް ނޫން ކަމަށެވެ.

ރޮނާލްޑޯ، އޭނާ ފްރީކިކް ޖަހަން ގޮސް ހުއްޓި ހުންނަ ގޮތް އަޅުގަނޑުމެންނަށް އެނގޭ އިނގޭތޯ؟ އޭނަ ބޯޅާގައި ޖަހާތަންވެސް ފެނޭ އަދި ގޯލް ވަންނަ ގޮތްވެސް އެނގޭ. އެހެން ނަމަވެސް އަޅުގަނޑުމެން މިހާކުގޮސް އެހެން ހުއްޓި ހުރެވިދާނެ. އެހެން ނަމަވެސް ބޯޅާގައި ޖެހީމަ އެ ބޯޅާ އެ ދަނިކީ ރޮނާލްޑޯ ޖެހިމާ ބޯޅަދާހެނެއް ނޫން
ހަސަން ލަތީފް ~ އެމްޑީޕީގެ ޗެއަރޕަސަން

ހަސަން ލަތީފް ނެންގެވި މިސާލުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ، ކެމްޕޭނު ކުރާ ގޮތް އެހެން ޕާޓީއަކަށް ކިޔައި ދިނުމަކުން އެކަން ކުރެވޭނެ ތަނެއް ނުފެންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ގޮތުގައި، ޕާޓީގެ ކެމްޕޭނުގެ މައުލޫމާތު ހާމަކުރަނީ، ޕާޓީގެ މެމްބަރުންނާއި ތާއިދުކުރާ ފަރާތްތަކަށް ހިންގާ ހަރަކާތްތައް ތަފްސީލުކޮށް ކިޔައި ދިނުމެވެ.

ހަސަން ލަތީފް، އިދިކޮޅަށް ފާޑުކިޔާފައިވައިރު، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ތިލަދުންމައްޗަށް ކުރި ދަތުރުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަޖިލީހުގެ ރައީސް ވަނީ އިދިކޮޅުން ކައުންސިލް އިންތިހާބުގައި ބައިވެރިނުވުމަށް ގޮވާލައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
57%
0%
29%
14%
0%
ކޮމެންޓް