ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 17:54
އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި ވޯޓްލުން ކުރިއަށްދަނީ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި ވޯޓްލުން ކުރިއަށްދަނީ
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ
އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާރސް ލިސްޓް އާއްމުކޮށްފި
 
ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ 31 ޖެނުއަރީގައި
 
ޕްރިއަމަރީގައި ބައިވެރިވުމަށް ފޯމް ހުށައެޅުމުގެ ސުންގަޑި ހަމަވިއިރު ސައްހަ 1364 ފޯމް ހުށަހަޅާފައިވޭ
 
ޝަކުވާ ބަލައިގަތުމުގެ ސުންގަޑިއަކީ ބުދަ ދުވަހުގެ 2:00 ގެ ކުރިން

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕްރައިމަރީގެ ފައިނަލް ވޯޓާރަސް ލިސްޓް ހޯމަ ދުވަހު އެޕާޓީން އާއްމުކޮށްފިއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޝަކުވާ ހުށަހަޅާ ފޯމް ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.

ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ 22 ޖަނަވަރީ 2020 ވާ (ބުދަ) ދުވަހުގެ މެންދުރު 2:00 އެވެ. ޝަކުވާ ފޯމް ސެކްރެޓޭރިއަޓް 2 ފަންގިފިލާއިން އަދި [email protected] އަށް އީމެއިލް ކުރުމުންވެސް ބަލައިގަނެވޭއެވެ.

ޕްރިއަމަރީގައި ބައިވެރިވުމަށް ފޯމް ހުށައެޅުމުގެ ސުންގަޑި ހަމަވިއިރު ސައްހަ 1364 ފޯމް ހުށަހަޅާފައިވާކަމަށް އެޕާޓީން ކުރިން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މިހިނގާ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގަ އެވެ. އެމްޑީޕީ ޕްރައިމަރީ މިމަހު ބާއްވާއިރު އެމްޑީޕީން މިހާރުވެސް ވަނީ ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭން ފަށާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް