ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 18:58
އެމްޑީޕީގެ ކެމްޕޭނު ހަރަކާތެއްގެ ތެރެއިން
އެމްޑީޕީގެ ކެމްޕޭނު ހަރަކާތެއްގެ ތެރެއިން
އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
އެމްޑީޕީއިން މުޅި ރާއްޖޭގައި ކެމްޕެއިން ހިންގަނީ
 
ވޯކްޝޮޕްތަކެއް ބާއްވާނެ: އެމްޑީޕީ
 
18 ޓީމެއް ބައިވެރިވާނެ
 
ކެމްޕޭނު ކުރިޔަށްދާނީ 23 އިން 25 އަށް

މި އަހަރުގެ އޭޕްރީލް މަހުގެ ހަަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހަބާ ދިމާކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ''އެޖެންޑާ 19 ރަށަށް'' ސްލޯގަންގެ ދަށުން މުޅި ރާއްޖޭގައި ކެމްޕޭނު ހިންގުމަށް ތައްޔާރުވެއްޖެއެެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބަށްވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ހޯމަ ދުވަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ، މި ކެމްޕޭނު ކުރިޔަށް ގެންދާނީ މި ހިނގާ މަހުގެ 23 އިން 25 ކަމަށެވެ.

ކެމްޕޭނުގެ އިތުރު ތަފްސީލުތައް ހާމަކުރައްވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ، މާލެއިން އަތޮޅުތަކަށް ދަތުރުކުރާ ޓީމުތަކުން އެ އަތޮޅެއްގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އޭގެ ތެރެއިން ކޮންމެވެސް އެއް ރަށެއްގައި އެކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތައް އެއްކޮށްގެން ވޯކްޝޮޕެއްވެސް ހިންގާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަތުރުގައި އެންމެ އިސްކަމެއްދޭނީ ދޮރުން ދޮރުން ހިނގުމެވެ. ދޮރުން ދޮރުން ހިނގައިގެން ހޯދާ މައުލޫމާތުގެ އަލީގައި ވޯކްޝޮޕް ފަސް ދާއިރާ އަކަށް އަލިއަޅުވައިލައިގެން ކުރެވޭ މަސައްކަތްތައް ހިންގާނެ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. އެ ވޯކްޝޮޕް ހިންގާނީ 18 ރަށެއްގައި އެއް ފަހަރަކާއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒް ވިދާޅުވީ، އަތޮޅު ތެރެއަށް ދަތުރުކުރަން މިހާތަނަށް 18 ޓީމެއް އެކުލަވައިލެވިފައިވާ ކަމަށެވެ.

މި 18 ޓީމަކީ ހއ. ހދ. ފިޔަވާ ހުރިހާ އަތޮޅެއް ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އަދި މާލެއާއި އެކީގައި. މި ހަރަކާތް މި ވީކެންޑުގައި އަޅުގަނޑުމެންނަށް މި ހިންގެނީ
މުހައްމަދު ޝިފާޒު ~ އެމްޑީޕީގެ ނައިބް ރައީސް
ެއެމްޑީޕީން ތިލަދުންމައްޗަށް ކުރި ދަތުރުގެ ތެރެއިން. ފޮޓޯ: ސޮފްވާން ( ސޮއްޕެ)

އެމްޑީޕީން ކައުުންސިލް އިންތިހާބުގެ ކެމްޕޭނު ފެށީ ތިލަދުންމައްޗަށް ކުރި ދަތުރުންނެވެ. ޕާޓީގެ ދެ ރައީސުންގެ އިތުރުން މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވީ ދަތުރުގައި، ދާދި ފަހުން ސިޓީއަކަށް ބަދަލުވެގެން ދިޔަ ކުޅުއްދުއްފުށީ ސިޓީގައި ''އިރުވައި ކޮންފަރެންސް'' އެއް ވަނީ ބާއްވާފައެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އިދާރީ އަލީ ނިޔާޒު (ނިޔާ) ވިދާޅުވީ، އެ ކޮންފަރެންސްގެ ކާމިޔާބީއާ އެކު ހަމަ އެ ސްޓައިލުގައި ވޯކްޝޮޕްތަކެއް ބާއްވަން ނިންމާފައިވާއިރު، އެ ވޯކްޝޮޕް ހަތަރު ބަޔަކަށް ބެހިގެންދާނެކަމަށެވެ.

ފުރަތަމަ ބައިގައި ހިމެނޭނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށް މަޝްވަރާ ކުރުމުގެ ގޮތުން ބާއްވާ ޝެޝަނެވެ. ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރެއްވި ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.

ދެވަނަ ބައިގައި ގާނޫނުގެ ބަޖެޓާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ ސެޝަންގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ރަށްރަށުގައި ވަޒީފާ އިތުރުވެގެން ދިޔުމާއި ބެހޭ ގޮތުން ކުރާ މަަޝްވަރާތަކެވެ. ހަތަރުވަނަ ސެޝަންގައި މަޝްވަރާކުރާނީ ރަށްރަށަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން ކަމަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނުގެ ބިލް މަޖިލީހަށް ހުށައެޅުއްވި ހުޅާމާލެ ދާއިރާގެ މެމްބަރު ނިޔާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
7%
73%
0%
7%
13%
0%
ކޮމެންޓް
21 ޖެނުއަރީ 2020 | އަންގާރަ 00:10
ރަށުމީހާ
ދޮރުންދޮރަށް ހިނގާއިިރުު ފެރިދޫ ކަހަލަގެ އެމް،ޑީ،ޕީ ކެންޑިޑޭޓެއް ނެތްރަށްތަށް ކިހިނެއްހަދަނީ އެރަށްރަށުގަ ޑޯޓު ޑޯއެއް ނޯއްނާނު