ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 15:33
ނޮވެމްބަރގެ ކާސްޓުންތަކެއް
ނޮވެމްބަރގެ ކާސްޓުންތަކެއް
ފޭސްބުކް
ނޮވެމްބަރ
''ނޮވެންބަރ'' ޝޫޓިން މި މަހުގެތެރޭ ނިންމާ، ޕޯސްޓް ޕްރޮޑަކްޝަން ފަށަނީ
 
ރިލީޒްކުރާނެ ތާރީހެއް އަދި ނޭގެ
 
ފިލްމުގެ މަންޒަރުތައް، ސިންގަޕޫރްގައި ޝޫޓްކޮށްފައިވޭ
 
ބާކީ ނަގަން އިނީ ފްލައިޓްގެ މަންޒަރެއް: މޮގަރ

މޮޅެތި ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޑާރކްރެއިން އެންޓަޓެއިންމެންޓުގެ ކުރިޔަށް އޮތް ފިލްމު "ނޮވެންބަރ" ގެ ޝޫޓިން މި ހިނގާ ޖެނުއަރީ މަހުގެތެރޭ ނިންމާލާ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގަރ) ބުނެފިއެވެ.

ފިލްމާއި ބެހޭ ގޮތުން ރާއްޖެޓީވީގެ ''ލުއި ހަބަރު'' އަށް ފޯނުން ދިން އިންޓަވިއުއްގައި މޮގަރ ބުނީ، މިހާރު ބާކީ ނަގަން ޖެހެނީ ފްލައިޓެއްގެ ތެރޭގައި ނަގަން ޖެހޭ މަންޒަރެއް ކަމަށެވެ. އެ މަންޒަރު ނެގުމަށް ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެ. މޮގަރ ބުނީ، ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތް އެ މަންޒަރު ނަގައި ނިމުމާއެކު ފަށާނެ ކަމަށެވެ.

މިހާރު އެޑިޓިންގެ ފުރަތަމަ ކަޓް ނިމިގެން ދެވަނަ ކަޓް މިހާރު އެ ދަނީ ކުރަމުން. އެހެންވެއްޖެ ކަމަށްވަންޏާ އަންނަ މަހު ކުރީކޮޅު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަސް ޑަބިންއާ ހުރިހާ މަސައްކަތެއް ފެއްޓޭނެ.
މޮގަރ

''ނޮވެންބަރ''ގެ މަންޒަރުތައް ރާއްޖޭގެ އިތުރުން ސިންގަޕޫރުގައި ވަނީ ޝޫޓްކޮށްފައެވެ.

ސިންގަޕޫރުގެ ހިތްގައިމު ޞަރަޙައްދު ތަކުގައި ކުރިޔަށް ގެންދިޔަ އެ ޝޫޓިންގައި ކުރީގެ މަޝްހޫރު ތަރި އިސްމާއިލް ވަޖީހުގެ އިތުރުން އޭނާގެ ފިރިހެން ދަރިފުޅު ތަރީޝް އިސްމާއިލް ވެސް ބައިވެރިވެއެވެ. މިއީ ވަޖީހުގެ ދަރިފުޅު ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

"ނޮވެންބަރު"ގެ މަންޒަރުތައް ކުރިން ވަނީ ކ. ތުލުސްދޫ، އައްޑޫ އިތުރުން ލ އަތޮޅުގެ ދެ ރަށެއްގައި ވެސް ނަގާފައެވެ. އޭގެ އިތުރުން މާލޭގައި ފިލްމުގެ ޝޫޓިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އަހްމަދު ތޮލާލާއި، އައިޝަތު ފުއާދުގެ ސްކްރީން ޕްލޭއަކަށް އައިޝަތު ފުއާދު އަދި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ އެ ފިލްމު ބެލުންތެރިންނާ ހަމަޔަށް އަންނާނެ ތާރީހެއް އަދި އިއުލާން ނުކުރޭއެވެ. ޑާކްރެއިން އިން އެންމެ ފަހުން ސްކްރީން ކުރީ ކޮމެޑީ ފިލްމު "މާމުއި" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް