ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 14:31
މުޒާހަރާގެ ބައިވެރިން މަގު ބަންދުކޮށް ތަންތަނުގައި ރޯކުރަނީ
މުޒާހަރާގެ ބައިވެރިން މަގު ބަންދުކޮށް ތަންތަނުގައި ރޯކުރަނީ
އަލް-އަހެދް ނިއުސް
އިރާޤު މުޒާހަރާ
އިރާޤު ސަރުކާރުން މުޒާހަރާގެ ބައިވެރިންނަށް އިޖާބަނުދޭތީ އެމީހުން ރަތައް!
 
ސަރުކާރުން މުޒާހަރާގެ ބައިވެރިން ގޮވާލުންތަކަށް ދެނީ ބީރު ކަންފަތެއް
 
ސަރުކާރަށް ދިން މުހުލަތު މިއަދަށް ވަނީ ހަމަވެފައި

އިރާޤު ސަރުކާރާއި ދެކޮޅަށް އެޤައުމުގައި މުޒާހަރާ ކުރަމުންދާ މީހުން މިއަދު އެޤައުމުގެ ހުރިހައި މައި މަގުތައް ބަންދުކޮށްފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކުރީ، އެމީހުން ސަރުކާރަށް ޑިމާންޑު ކުރި ކަންތައް ތަންފީޒުކުރުމަށް އެމީހުން ސަރުކާރަށް ހުށަހެޅި މުހުލަތު ހަމަވެގެން ދިޔައިރުވެސް، ސަރުކާރުން އެކަންކޮށްފައިނުވާތީ އެކަމާއި ރުޅިގަދަވެގެން ކަމަށެވެ.

އިރާޤުގެ "ދަ އިރާޤީ" ނިއުސް އޭޖެންސީން ޚަބަރު ފަތުރާގޮތުގައި، މުޒާހަރާގެ ބައިވެރިން ވަނީ، ޤައުމުގެ ހުރިހައ ޞަރަޙައްދަކަށް މުޒާހަރާ ފުޅާކޮށް ހުރިހައި މައި މަގެއް ދަތުރުފަތުރުނުކުރެވޭނެހން ބްލޮކް ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން އެންމެ ކުރިން ބަންދު ކުރީ ވެރިރަށް ބަޣްދާދުގެ އުތުރާއި ދެކުނު ގުޅުވާލަދޭ މައި ހައިވޭ ކަމަށްވާ "މުޙައްމަދ އަލް-ޤާސިމެވެ. މި ހައިވޭ ބަންދުކުރަން އުޅުމުގެ ތެރޭގައި އިރާޤުގެ ސަމާލަތީ ބާރުތަކުން މުޒާޙަރާގައި ބައިވެރިވި ގިނަ ޢަދަދެއްގެ މީހުން ހައްޔާރުކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އިރާޢުގެ އެންމެ ބޮޑު ދެ ސިޓީކަމަށްވާ ބަޣްދާދާއި، ނަޞްރިއްޔާ ގުޅޭ މައި މަގުވެސް ބަންދުކޮށްފައެވެ.މީގެ އިތުރުން އަލް-ދިވާނިއްޔާއާއި އެހެނިހެން މައި ޕްރޮވިންސްތައް ގުޅުވައިދޭ މަގުތައް ވެސް ބަންދުކޮށްފައެވެ. މައި މަގުތަކާއި، ބްރިޖުތައް ބަންދުކުރުމާއި ގުޅިގެން، ސްކޫލްތަކާއި، ޢާންމު ޚިދުމަތްދޭ ޢިމާރާތްތަކާއި، ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އަދި ޢާންމު ދިރިއުޅުމަށް މިކަމުގެ ސަބަބުން ވަނީ ބުރޫ އަރާފައެވެ.

މުޒާހަރާގެ ބައިވެރިން ސަރުކާރާއި މެދު ހިތްހަމަނުޖެހިގެން، ނުރުހުންފާޅުކޮށް ރުޅިގަދަވެ، ބަދަލުހިފުމުގެ ރޫޙެއްގައި މަގުމަތީގައި އަލިފާން ރޯކުރަމުންދާކަމަށްވެސް ޚަބަރު ލިބެއެވެ. އެގޮތުން ސިފައިންނާއި ފުލުހުން ޙަރަކާތްތެރިވާ ޞަރަޙައްދުތަކުގައި ޓަޔަރުތަކުގައި ރޯކޮށް ފުލުންހުނާއި ދިމާޔައަށް އުކަމުންދާކަމަށް ޚަބަރު ލިބެއެވެ. އެހެންނަމަވެސް މިއަދުގެ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި އެއްވެސް ކުރިމަތިލުމއް ހިނގާފައިވާކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މުޒާހަރާ ކުރަމުންދާ ޞަރަޙައްދުތަކުގައި ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކޮށް އަސްކަރީންނާއި މަދަނީ ފުލުހުން ޙަރަކާތްތެރި ވަމުންދާކަމަށް ޚަބަރު ލިބެއެވެ. އަދި ދެކުނު ޞަރަޙައްދުތަކުގައި ސިފައިން ބަރު ހަތިޔާރާއެކު ޙަރަކާތްތެރިވަމުންދާކަމަށް އަލް-ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

މިއަދުގެ މުޒާހަރާއާއި ބެހޭ ގޮތުން އދ އިން އިރާޤަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އިޞްލާޙަށް މަސައްކަތް ކުރިނަމަވެސް، ޞުލްޙަވެރިކަމާއެކު އެއްވުން ކުރިޔަށްގެންދިއުމަށް މުޒާހަރާގެ ބައިވެރިންނަށް ގޮވާލާފައެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޞުލްޙަވެރިކަމާއެކު މުޒާހަރާކުރަމުންދާ ބަޔާކާއި މެދު އިރާޤުގެ ކަމާއި ބެހޭ ފަރާތްތަކުން ބާރުގެ ބޭނުންކޮށް ހައްޔަރު ކުރުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި ސިފައިންނާއި ފުލުހުންގެ ޢަމަލުތައް މުޒާހަރާގެ ބައިވެރިންނަށް ދަތިނުވާނެ ގޮތަަކައް ބެހެއްޓުމަށްވެސް ސަފީރުވަނީ ގޮވާލައްވާފައެވެ.

ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަމުންދާ މީހުން ސަރުކާރަށް ޝަރުޠުކޮށްފައިވަނީ އަވަސް އިންތިޚާބެއް ޤާއިމުކުރުމަށާއި، އިންތިޤާލީ ސަރުކާރެއް އެކުލަވާލުމަށާއި، މަރާލާފައިވާ އަދި ރަހީނުކޮށްފައިވާ މުޒާހަރާގެ ބައިވެރިންނެ ތަހުޤީޤެއް ހިންގުމަށެވެ. މިކަންކަން ތަންފީޒުކުރުމަށް އެބައި މީހުން ދީން މުހުލަތަކީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހު އިރާޤުގެ ސަރުކާރާއި ދެކޮޅަށް އެޤައުމުގެ ރައްޔިތުން ތެދުވިއެވެ. "ތިޝްރީން ރެވޮލިއުޝަން" އަދި "އިރާޤީ އިންތިފާޟާ" ގެ ނަމުގައި ސަރުކާރަށް ޕްރެޝަރކޮށް މުޒާހަރާ ކުރަމުންދާތާ މިއީ ތިންމަހާއި 10 ވަނަ ދުވަހެވެ. މުޒާހަރާގެ ތެރެއިން މައި މައިދާންތަކަށް އެއްވެ އަޑުއުފުލުމާއި، އިށީދެގެން ސަރުކާރާއި ދެކޮޅަށް ހަޅުތާލުކުރުމާއި، މަދަނީ ބަސްނޭހުން ފަދަ ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

މިހާތަނަށް އައިިއިރު މުޒާހަރާގެ ބައިވެރިންގެ ތެރެއިން 511 މީހުން މަރުވެ 21،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަން ރިކޯޑުތަކުން ދައްކައެވެ. މީގެތެރެއިން ގިނަ މީހުން މަރުވެފައިވަނީވެސް، އަދި ޒަޚަމްވެފައިވަނީވެސް ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކާއި، ދެބައި މީހުންގެ ކުރިމަތިލުންތަކުގައި ކަމަށް ޚަަބަރުލިބެއެވެ. ސަލާމަތީ ބާރުތަކުން ލައިވް ވަޒަނާއި، ސްނައިޕަރާއި، ހޫނުފެނާއި، ހޫނު ޕެޕަރ ސްޕްރޭއާއި ކަރުނަ ގޭސް ބޭނުންކޮށްގެން ޙަމަލާދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާގެ ބައިވެރިން އެންމެ ރުޅި އަންނަނީ ސަރުކާރުގެ ތެރޭގައި ވަކިހިއްޕާލާފައިވާ ފަސާދައިގެ ޢަމަލުތަކާމެދުގައެވެ. އެމީހުން ދެކޭ ގޮތުގައި މިހާރު ކޮރަޕްޝަނުގެ ޢަމަލުތައް ސަރުކާރުގެ ތެރޭގައި ހިނގާތާ 16 އަހަރުވެއްޖެއެވެ. ދެން އެމީހުން ފާހަގަކޮށްފައިވަނީ ވަޒީފާގެ ފުރުޞަތު ނެތް ވާހަކައާއި، ދައުލަތުން ޢާންމު ފަރުދުންނަށް ފޯރުކޮށްދޭން ލާޒިމު ޚިދުމަތްތައް އެދެވޭ މިންވަރަށް ފޯރުކޮށް ނުދޭ މައްސަލައާއި، އިރާޤު ސަރުކާރުން އީރާނަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް