ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 13:17
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ އާއި އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ޗެއަރމަން އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ތަލާލް ޚަލިފާ އަލް ޖެރީ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ އާއި އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ޗެއަރމަން އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ތަލާލް ޚަލިފާ އަލް ޖެރީ
ރައީސް އޮފީސް
ނައިބު ރައީސް
ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމަށް ޝައުޤުވެރިވޭ: އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ސީއީއޯ
 
އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ ސްކޫލްތަކަށް 40,000 ފޮތާއި އިސްލާމިކް މިނިސްޓްރީއަށް 10,000 މުސްހަފް ހަދިޔާކޮށްފައި

ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމަށް ޝައުޤުވެރިވާ ކަމަށް އަލްޖެރީ ހޯލްޑިންގް ގްރޫޕުގެ ޗެއަރމަން އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ޠަލާލް ޚަލިފާ އަލް ޖެރީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަލްޖެރީ ހޯލްޑިންގް ގްރޫޕުގެ ދަޢުވަތަކަށް މިހާރު ކުވައިތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ފައުންޑޭޝަންގެ ޗެއަރމަން އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ޠަލާލް ޚަލިފާ އަލް ޖެރީއާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލު ކުރެއްވުމުގައި ޠަލާލް ޚަލިފާ އަލް ޖެރީ ވަނީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމަށް ޝައުޤުވެރިވާކަން ފާޅުކުރައްވާފައެވެ. އަދި އަލްޖެރީ ހޯލްޑިންގް ގްރޫޕުގެ ފަރާތުން ވަނީ ރާއްޖޭގެ ސްކޫލްތަކަށް 40,000 ފޮތާއި އިސްލާމިކް މިނިސްޓްރީއަށް 10,000 މުޞްޙަފް ހަދިޔާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުވައިތުގެ ޖަމުޢިއްޔާތަކާއެކު އާދިއްތަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ އިތުރުން ޤުރުއާން އަދި ޢަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

އަދި އެމަނިކުފާނު ވަނީ އަލްޖެރީ ހޯލްޑިންގް ގްރޫޕުގެ ދަށުން ހިންގާ 20 ސްކޫލްގެ ތެރެއިން ކުވައިތުގައި ހުންނަ އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖަރމަން ސްކޫލަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްތަކުގައި ހުރި ވަޞީލަތްތައް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެވަޑައިގަންނަވައެވެ.

މި ޒިޔާރަތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑޮކްޓަރް އަޙްމަދު ޒާހިރު ވަނީ ކުވައިތުގެ ބައިތުލް ޒަކާތުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް