ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 13:02
ޚާރިޖިއްޔާގެ ތަރުޖަމާނު އައްބާސް މުސާވީ
ޚާރިޖިއްޔާގެ ތަރުޖަމާނު އައްބާސް މުސާވީ
އަލް-އަހެދް ނިއުސް
އިރާން ނިއުކްލިއަރ ޕްރޮގުރާމް
ނިއުކްލިއަރ އެއްބަސްވުމާއި ޚިލާފެއް ނުވަން: އީރާން
 
އީރާނުން އެއްބަސްވުމާއި ޚިލާފުވުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ތަރުޖަމާނު ވިދާޅުވި
 
އީރާނަށް ފައިދާހުރި ގޮތަކައް ނޫނީ ނިއުކްލިއަރ އުފައްދާ މިންވަރު ދަށެއް ނުކުރާނެ

ދުނިޔޭގެ ބާރުތަކާއި އެކު އީރާނުން ވެފައިވާ ނިއްކްލިއަރ އެއްބަސްވުމާއި ޚިލާފުވެފައި ނުވާނެކަމަށް އީރާނު ސަރުކާރުން ބުނެފިއެވެ.

އީރާނުން ނިއުކްލިއަރ އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށާއި، އޭގައި އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރަމުން ނުދާކަމަށް ބުނެ ހުޅަނގުގެ ޤައުމުތަކުން އީރާނަށް ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވާ، އެޤައުމުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އައްބާސް މުސާވީ ވިދާޅުވެފައިވަނީ އެޤައުމުތަކުން ފަތުރަމުން އެދަނީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ. އައްބާސް ވިދާޅުވީ، ވިލާތު އިއްތިހާދު މެދުވެރިވެ 2015 ވަނަ އަހަރު އީރާނުން ދުނިޔޭގެ ނުފޫޒު ގަދަ ނުވަތަ ބާރުވެރި ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުމާއި އެޤައުމުން ޚިލާފު ނުވާކަމަށާއި، އަދިވެސް އެއާއި އެއްގޮތައް ޢަމަލުކުރަމުންދާކަމަށެވެ. ވިލާތު އިއްތިހާދުގެ ޤައުމުތަކަށް ފާޑު ވިދާޅުވެ މުސާވީ ވިދާޅުވީ އެއްބަސްވުމުގައި ވާ ގޮތައް އެޤައުމުތަކުން ޢަމަލު ނުކުރާ ކަމަށެވެ.

މުސާވީ ވިދާޅުވީ، އީރާނުގެ ނިއްކިލިއަރ ޕްރޮގުރާމުގެ މަސައްކަތް އިތުރަށް ދަށް ކުރާނީ، ވިލާތު ޤައުމުތަކުން އެޤައުމާއި މެދު ގެންގުޅޭ ސިޔާސަތުޔަކުގެ މައްޗަށް ބިނާކޮށްކަމަށެވެ. އަދި އެކަން ވާންޖެހޭނީ އޭގެ ޒާތުގައި އީރާނަށް ފައިދާ ހުރި، އަދި އެއްބަސްވުމެއްގެ ތެރެއިން ކަށަވަރުކުރެވޭ ފަދަ ގޮތަކައް ކަމަށް މުސާވީ ވިދާޅުވިއެވެ.

މުސާވީ މިހެން ވިދާޅުވެފައި މިވަނީ އީރާނުގެ ނިއްކްލިއަރ އެއްބަސްވުމަށް ފުރިހަމަޔަށް އިހުތިރާމުކުުރުމަށް ހުޅަނގުގެ ޤައުމުތަކުން އިރާނަށް ގޮވާލާފައި ވަނިކޮށްނެވެ.

އެމެރިކާ އާއި އިތުރު ހަތް ޤައުމަކުން އިރާނާ އެކު 2015 ވަނަ އަހަރު ހަދާފައިވާ ނިއުކުލިއަރ އެއްބަސްވުމަކީ އިރާނުގެ ނިއުކްލިއަރ ޕްރޮގުރާމު ކޮންޓްރޯލް ކުރުމުގެ ގޮތުން އެކުލަވާފައިވާ އެއްބަސްވުމެކެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕަ ވަނީ އެއްބަސްވުމުން ވަކިވެފައެވެ.

ވިލާތު އިއްތިޙާދު މެދުވެރިވެ އެކުލަވާލި މި އެއްބަސްވުމުގައި ހިމެނޭ ޤައުމުތަކަކީ ފަރަންސޭސި ވިލާތާއި، ޖަރުމަން ވިލާތާއި، އިނގިރޭސި ވިލާތާއި، ރަޝިޔާގެ އިތުރުން ޗައިނާއެވެ. 2015 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 18 ވަނަ ދުވަހު އެކުލަވާލި މިއެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން