ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 12:15
ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުން
ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުން
ރައްޔިތުންގެ މަޖިލިސް
ފޮރިން މިނިސްޓްރީ
ސީއެސްސީގެ މަސައްކަތްތައް ލަސްވުމުން މިނިސްޓަރު ޝާހިދުގެ ހިތްހަމަ ނުޖެހުން!
 
ނަމޫނާ ކޮމިޝަނަކަށް ވާންޖެހޭ
 
މަސައްކަތްތައް ހަލުހި ކުރަންޖެހޭ
 
މުޅި ދައުލަތަށް އެކަމުގެ ނޭދެވޭ އަސަރު ކުރޭ

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މަސައްކަތްތައް މާބޮޑަށް ލަސްވާތީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ހޯމަ ދުވަހު ފޮރިން މިނިސްޓްރީއަށް ޕަރމަނަންޓް ސެކްރެޓަރީ ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ސީއެސްސީގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްކަން ފާހަގަކުރެވިފައިވާ ކަމަށާއި، މުޅި ދައުލަތަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށެވެ. އަދި ކަންކަން ލަސްވެގެން ދާދިއުމާ ދޭތެރޭގައި މިނިސްޓަރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ޕަރމަނަންޓް ސެކްރެޓަރީ މަޤާމު ހުސްވުމަށްފަހު އަލުން އައު ބޭފުޅަކު ޢައްޔަނު ކުރުމަށް ތިން މަހާ ބާރަ ދުވަސްވެފައިވާ ކަމަށާއި، މިއީ ކަންވެގެންވާނެ ގޮތް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސީއެސްސީ ނަމޫނާ ކޮމިޝަނަކަށް ވާންޖެހޭކަމަށާއި، މުއައްޒަފުންނަށް ނަމޫނާ ދައްކާ ބައެއްކަމުގައިވާން ޖެހޭ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފެނިގެންދަނީ ކަންކަން ލަސްވެ ކަންކަން ދިގުލައި ޤަބޫލުކުރަން ދަތި މިންވަރަށް ގޮސްފައިވާ މަންޒަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ ސީއެސްސީ އާއި ފޮރިން މިނިސްޓްރީއާ ދޭތެރޭގައި މަޝްވަރާކުރެވި، މިނިސްޓްރީގެ މުއައްޒަފުންނަށް ބޭނުންވާ މަޤާމުގެ ކުރިއެރުމާއި ކަންތައްތައް ހަމަޖެއްސުމަށް އިޢުލާން ކުރެވި އެއިޢުލާން ބާޠިލުވެ، އަލުން އިއުލާން ކުރުމަށް ވާހަކަ ދެކެވެމުންދާތާ ޖުމުލަ މިހާރު 28 ދުވަސްވެފައިވާ ކަމަށެވެ. އަދި މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު ކަންކަން ލަސްވެގެން ދާދިއުމާ ދޭތެރޭގައި އަޅުގަނޑު ކަންބޮޑުވާ ވާހަކަ ދަންނަވަން. ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ހުސްވުމަށްފަހު ތިން މަހާ ބާރަ ދުވަސް އަލުން ޕާމަނަންޓް ސެކްރެޓަރީއެއް އައްޔަން ކުރުމަށް މިހޭދަވެގެން މިދިޔައީ. 104 ދުވަސް. މިކަމުގައި ވޭތުވެއްޖެ. އަޅުގަނޑަށް ޕާމަނަންޓް ސެކްރެޓަރީއެއް އައްޔަން ވެއްޖެކަން އެންގެވިތާ ބަރާބަރު 42 ދުވަސްފަހުން ކޮމިޝަނުން މިނިސްޓްރީގެ މަސައްކަތަށް ޕާމަނަންޓް ސެކްޓްރީއަށް ތިޔަ ފޮނުއްވައިދެއްވީ.
ފޮރިން މިނިސްޓަރު ޝާހިދު

ސަރުކާރެއް އަންނަނީ ރައްޔިތުންނަށް ވަޢުދުތަކެއް ވެގެންކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ސީއެސްސީގެ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރަން ޖެހޭކަމަށެވެ.

އަޅުގަނޑަކީ މިދެންނެވިހެން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކޮށްދިނުމަށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ގާނޫނީ ހުވާކޮށްގެން ހުރި ވަޒީރެއް. ސިވިލް ސަރވިސް ކޮމިޝަނަކީ އަޅުގަނޑު އެމަސައްކަތް ކުރުމަށް އަޅުގަނޑުމެން ނިސްބަތްވާ ސަރުކާރުން އެޚިދުމަތްތައް އަދާކޮށްދިނުމަށް ދެންމެ ކޮމިޝަންގެ ފަރާތުން ވިދާޅުވިހެން އެހީތެރިވެދިނުމަށް އޮތް ކޮމިޝަނެއް. ސަރވިސްއެއް. އޭގެ ބަދަލުގައި ފެނިގެން މިދަނީ އެކަށީގެން ނުވާހާ ގިނަ ދުވަސް މިކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން ހޭދަކުރައްވާތަން.
ފޮރިން މިނިސްޓަރު ޝާހިދު

މިނިސްޓަރު ޝާހިދު ވިދާޅުވީ ދައުލަތަށް ލަސްކަން އައުމަށް ސީއެސްސީއަށް އޭގެ ބަދުނާމު ނުދާނެ ފަދަ ގޮތަކަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި މަސައްކަތްތައް ރަނގަޅުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
33%
0%
0%
33%
33%
ކޮމެންޓް
20 ޖެނުއަރީ 2020 | ހޯމަ 14:31
ކަންމަތި
ތި މިހާ ބޭރުކޮއްބަލަ.
20 ޖެނުއަރީ 2020 | ހޯމަ 13:16
މުހައްމަދު
ވަރަށް ފަހަތުގަ އޮތް މުއައްސަސާއެއް. ވަޒީފާއަދާކުރާ މާހައުލު ރަގަޅުނަމަ ބޮޑު މުސާރަ ލިބޭ އިދާރާޔަކުން ކުރު މުއްދަތެއްގެ ތެރޭގައި އެހާގިނަ މުވައްޒަފުން ކެޑިގެން ނުދާނެ. ރަގަޅު ގާބިލު މުވައްޒަފުން ކެޑިގެން ދިއުމަކީ މުއައްސާޔަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން. މި މުއައްސަސާގެ ތަޖުރިބާއިން ދައްކައިދޭނީ މަތީ ސެޓްފިކެޓެއް އޮތުމަކީ، އިސްމަގާމެއްގައި ގިނަދުވަހު އުޅުމަކީ، ޓީޗަރަކަށް އުޅުމަކީ ކޮންމެ ކަމެއް ކުރުމުގެ ގާބިލުކަން ހުންނާނެ ބައެއް ނޫން ކަން. އަދި ކަންކުރެވޭނީ ކުރަންޖެހޭ ކަމަކާއި ގުޅުން ހުރި ތައުލީމާއި ތަޖުރިބާ ހުރި މުވައްޒަފުންނާއި ފައިސާ ބޭނުންކޮއްގެން ކަންކަން ރާވައިގެން ކުރެވޭ މީހުންނަށް ކަން. ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުން މި އިދާރާގެ ތަޖުރިބާއިން ފިލާވަޅު ލިބިގަތުން ވަރަށް މުހިއްމު.