ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 09:24
ގއ. މާމެންދޫއަށް ލެއްގި ޕާރުސަލްތައް
ގއ. މާމެންދޫއަށް ލެއްގި ޕާރުސަލްތައް
ޕޮލިސް
ޕޮލިސް
ގޮތްނޭނގޭ ޕާރުސަލްތަކެއް ގއ. މާމެންދުއަށް ލައްގައިފި
 
އޭގައި ހުރީ ކޯއްޗެއްކަން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން

ގޮތް ނޭނގޭ ޕާރުސަލްތަކެއް ގއ. މާމެންދޫ އަށް ލައްގާފައިވާތީ ފުލުހުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހުގެ ހެނދުނު 6:35 ހާއިރު، ގއ. މާމެންދޫގެ ދެކުނު ފަރާތުގެ ގޮނޑުދޮށަށް ގޮތްނޭނގޭ ޕާރުސަލްތަކެއް ލައްގާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މީގެ 44 ޕާރުސަލް ލައްގާފައިވާ ކަމަށާއި، އެ ޕާރުސަލްތަކުގައި ހުރި އެއްޗެއް ތަހުލީލު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ހިއްސާކޮށްފައިވާ ވީޑިއޯ އަދި ފޮޓޮއިން ފެންނަނީ ރަބަރު ކޮތަޅެއްގައި ބަންދުކޮށްފައި ހުރި އެއްޗެހިތަކެކެވެ. އަދި އެ ކޮތަޅު ތެރޭގައި ހުރީ ހިކި ފަތް ޒާތުގެ އެއްޗެކެވެ.

މާމެންދޫ ގޮނޑުދޮށަށް ގޮތްނޭގޭ ޕާރުސަލްތަކެއް ލައްގާފައިވާ އިރު، ދާދި ފަހުން ކ. ގިރިފުށި ޖެޓީ ޞަރަޙައްދަށް 2 ފޫޓްގެ ޕާރުސަލެއްއް ލައްގައިގެން، އޭގައި ހުރީ އެއްޗެއް ދެނެގަތުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް