ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 09:06
ޓްރީ ޓޮޕް ހޮސްޕިޓަލު
ޓްރީ ޓޮޕް ހޮސްޕިޓަލު
ޔޫސުފް ސޮފްވާން ރަޝީދު
ޓްރީ ޓޮޕް ހޮސްޕިޓަލު
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމްބާމިންގް ޕްރޮސީޖަރ ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮށްފި
 
އެމްބާމިންގް އަކީ މަރުވުމަށްފަހު، ހަށިގަނޑު ބޭރަށް ފޮނުވުމަށް ހަލާކުވެނުދާނެ ގޮތަށް ރައްކާތެރިކުރުމަށް ކުރާ ޕްރޮސީޖަރއެއް
 
ޕްރޮސީޖަރ ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އެމްބާމިންގް ޕްރޮސީޖަރ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކޮށްފިއެވެ.

އެ ހޮސްޕިޓަލުން މި ޕްރޮސީޖަރ ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެމްބާމިންގް އަކީ މަރުވުމަށް ފަހު، ހަށިގަނޑު ބޭރަށް ފޮނުވުމަށް ހަލާކުވެނުދާނެ ގޮތަށް ރައްކާތެރިކުރުމަށް ކުރާ ޕްރޮސީޖަރއެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ މޯޗަރީ ޚިދުމަތުގެ ދަށުން ރާއްޖޭގައި އަލަށް މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ 2 ޖޫން 2019 ގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބައިނަލްއަޤުވާމީ ޤަވާއިދުތަކާއި އެއްހަމައެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރި ވަނީ ލައިސެންސް ލިބިފައިވާ ޤާބިލު ބޭފުޅުން ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އަދި މި ޚިދުމަތާއެކު ބައިނަލްއަޤުވާމީ ފެންވަރުގެ އެމްބާމްކުރެވިފައިވާކަމުގެ ސެޓްފިކެޓެއް އެމްބާމްކުރެވޭ ފަރާތަށް ދެވޭނެއެވެ.

އެމްބާމިންގެ މި ޚިދުމަތަކީ ރާއްޖޭގެ އަދި ދުނިޔޭގެ ޤަވާއިދުތަކުގެ ދަށުން، ނިޔާވެފައިވާ ފަރާތުގެ ހަށިގަނޑަށް އިޙުތިރާމުކޮށް، ގެއްލުންނުވާނެހެން ނަގަންޖެހޭ އެންމެހާ ރައްކާތެރި ފިޔަވަޅުތަކާއެކު ދެވޭ ޚިދުމަތެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
11%
53%
0%
5%
21%
11%
ކޮމެންޓް
20 ޖެނުއަރީ 2020 | ހޯމަ 14:45
ސައްޕޭ
ތިތާގެ ލޯގޯގައި އެހެރީ ކޮން ސޮލީބެއްތައް؟؟؟
20 ޖެނުއަރީ 2020 | ހޯމަ 14:26
ހައުލާ ހާދީ
އިސްލާމު ދީނުގައި އެމްބާމް ކުރުން ހުއްދަތަ؟ މައްޔިތާގެ ހަށިގަނޑުން ލޭ ދަމާ ހުސްކޮށް އޭގެ ބަދަލުގައި ކެމިކަލެއް ލޭހޮޅި ތަކަށް އަޅައި ކުރެވޭ އެމްބާމިންގް އަކީ އިސްލާމީ އުސޫލާ އެއްގޮތް ކަމެއްބާ؟