ހޮނިހިރު 26 ސެޕްޓެންބަރ 2020
06 އަތަ
1442 ސަފަރު 08
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:02
އިޝާ 19:13
ބިދޭސީން

ދިވެހިރާއްޖެ – ބިދޭސީންގެ ހާއްޔަކަށް

  • ބިދޭސީ މަސައްކަތްތެރީން ރާއްޖޭގައި އިންތިހާއަށް އިތުރުވެ، އިޖްތިމާޢީ ތަފާތު އެތައް މައްސަލައެއް މިދަނީ ކުރިމަތިވަމުން
  • އެމީހުންގެ ސަބަބުން ގެއްލުން ލިބެނީކީ ހަމައެކަނި ރާއްޖޭގެ އިޤްތިޞާދަކަށް ނޫން

ކ. މާލެ | 19 ޖެނުއަރީ 2020 | އާދީއްތަ 23:38 | 4,868

ރެގިއުލަޒައިލޭޝަން ޕްރޮގްރާމްގައި ރަޖިސްޓަރީ ވުމަށް ގަލޮޅު ދަނޑަށްގޮސްތިބި ބިދޭސީން - ރާއްޖެއެމްވީ

ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ ޢަދަދު މިންކުރަން ނޭނގި، ގާދޫކޮލުން އެމީހުން މިވަނީ އެތެރެވެފައެވެ. އެމީހުންގެ ޞައްޙަ ޢަދަދަކީ ކޮބައިކަމެއް ކަނޑައެޅިގެން މިހާތަނަކަށް އަދި އެނގިފައެއްނުވެއެވެ. އެކިފަހަރު ހާމަ ކުރައްވަނީ އެކި ޢަދަދުތަކެވެ. އެވެސް ލަފާކޮށްލާ ޢަދަދެކެވެ.

ދިވެހިރާއްޖެއަށް މީހުން އެތެރެވާ މައި ދޮރާށްޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރ ޕޯޓުނަމަވެސް، ރާއްޖެއަށް މީހުން އެތެރެވެފައިވަނީ ހަމައެކަނި އެ ދޮރާށިންނެއް ނޫނެވެ. ޤަބޫލު ކުރާން ކިތަންމެ ބޭނުން ނުވި ނަމަވެސް، ޤަބޫލު ކުރާންޖެހޭނެ ޙަޤީޤަތަކީ، އަޅުންގެ ވިޔަފާރި އެންމެ ނުރައްކާތެރިކޮށް ހިނގި ދުވަސްވަރެކޭ އެއްފަދައިން ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އެތެރެ ކުރުވައިފައިވާކަމެވެ. މިދައްކަނީ ކޮންޓެއިނަރަކަށް އަޅައިގެން ރާއްޖެއަށް އެމީހުން އެތެރެ ކުރި ބީދައަކުން އެކަން ކޮށްފައިވާ ވާހަކައެވެ.

ބިދޭސީ މަސައްކަތްތެރީން ރާއްޖޭގައި އިންތިހާއަށް އިތުރުވެ، އިޖްތިމާޢީ ތަފާތު އެތައް މައްސަލައެއް މިދަނީ ކުރިމަތިވަމުންވެ. އެމީހުންގެ ސަބަބުން ގެއްލުން ލިބެނީކީ ހަމައެކަނި ރާއްޖޭގެ އިޤްތިޞާދަކަށް ނޫނެވެ. އިޖްތިމާޢީ އެތައް މައްސަލަތަކެއް އެމީހުންގެ ސަބަބުން އެބަ ކުރިމަތިވެއެވެ. ދިވެހީންގެ އަދާކާދައާއި ޘަޤާފާތައް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު އެބަކުރެއެވެ. ހަމައެހެންމެ އަމިއްލަ މާދަރީ ބަހަށްވެސް، މިމީހުންގެ ސަބަބުން މިދަނީ ހީނަރުކަން އަންނަމުންނެވެ. މިހާހިސާބަށް މި މީހުންގެ ކަންކަން ދިއުމުން އުފެދޭ ސުވާލަކީ، ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލަށް މިވެރިން ނުރައްކަލަކަށް ނުވޭބާވައެވެ؟

ރެގިއުލަޒައިލޭޝަން ޕްރޮގްރާމްގައި ރަޖިސްޓަރީ ވުމަށް ގަލޮޅު ދަނޑަށްގޮސްތިބި ބިދޭސީންގެ ކިޔު

ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ ޢަދަދު މިންކުރަން ނޭނގި، ގާދޫކޮލުން އެމީހުން މިވަނީ އެތެރެވެފައެވެ. އެމީހުންގެ ޞައްޙަ ޢަދަދަކީ ކޮބައިކަމެއް ކަނޑައެޅިގެން މިހާތަނަކަށް އަދި އެނގިފައެއްނުވެއެވެ. އެކިފަހަރު ހާމަ ކުރައްވަނީ އެކި ޢަދަދުތަކެވެ. އެވެސް ލަފާކޮށްލާ ޢަދަދެކެވެ.

ދިވެހިރާއްޖެއަށް މީހުން އެތެރެވާ މައި ދޮރާށްޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރ ޕޯޓުނަމަވެސް، ރާއްޖެއަށް މީހުން އެތެރެވެފައިވަނީ ހަމައެކަނި އެ ދޮރާށިންނެއް ނޫނެވެ. ޤަބޫލު ކުރަން ކިތަންމެ ދަތި ނަމަވެސް، ޤަބޫލު ކުރާންޖެހޭނެ ޙަޤީޤަތަކީ، އަޅުންގެ ވިޔަފާރި އެންމެ ނުރައްކާތެރިކޮށް ހިނގި ދުވަސްވަރެކޭ އެއްފަދައިން ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެ ކުރުވައިފައިވާކަމެވެ. މިކަންކޮށްފައިވަނީ ކޮންޓެއިނަރަކަށް އަޅައިގެން ރާއްޖެއަށް އެމީހުން އެތެރެ ކޮށްފައި ވާހާވެސް ގިނައިންނެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި އިންތިހާއަށް އިތުރުވެ، އިޖްތިމާޢީ ތަފާތު އެތައް މައްސަލައެއް މިދަނީ ކުރިމަތިވަމުންވެ. އެމީހުންގެ ސަބަބުން ގެއްލުން ލިބެނީކީ ހަމައެކަނި ރާއްޖޭގެ އިޤްތިޞާދަކަށް ނޫނެވެ. އިޖްތިމާޢީ އެތައް މައްސަލަތަކެއް އެމީހުންގެ ސަބަބުން އެބަ ކުރިމަތިވެއެވެ. ދިވެހިންގެ އަދާކާދައާއި ޘޤާފަތެއް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު އެބަކުރެއެވެ. ހަމައެހެންމެ އަމިއްލަ މާދަރީބަހަށްވެސް، މި މީހުންގެ ސަބަބުން މިދަނީ ހީނަރުކަން ލިބެމުންނެވެ. މިހާހިސާބަށް މި މީހުންގެ ކަންކަން ދިއުމުން އުފެދޭ ސުވާލަކީ، ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލަށް މިވެރިން ނުރައްކަލަކަށް ނުވޭބާވައެވެ؟

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

ތެދެކެވެ. ވަޞީލަތް ނެތި ހިނގައިދާނެއެވެ. އެކަމަކު ވަޞީލަތް ނެތުމަކީ ޤަވާއިދާ ޚިލާފަށް އުޅުމަކީ ހުއްދަވުން ކަމަށް ބެލެވެން ޖެހޭ ދަރަޖައަށް ކަންކަން ދިއުމެއް ނޫނެވެ. އެހެންވާން ވެއްޖެނަމަ، މިޤާއުމުގެ ޙާލަތަކީ ކޮބައިތޯއެވެ؟

އަޅުގަނޑުމެން ދިވެހީންނަކީ ވެސް، މިއަދު ބޭރު ޤައުމުތަކަށް ހަވާސާ ބައެކެވެ. އެ ޤައުމުތަކުގައި އަޅުގަނޑުމެން އުޅެނީ އެ ޤައުމުތަކުގެ އުޞޫލުތަކާއި ހަމަތަކަށް އިސްކަން ދީގެންނެވެ. ހިތުހުރި ގޮތަކަށް ހިތު ހުރިހާ ކަމެއް ކޮށްގެން އުޅެވިގެން ނުވާނެކަން އަޅުގަނޑުމެން ދަންނަމުއެވެ. މިކަން އަޅުގަނޑުމެންނަށް އެނގޭ ހިނދުވެސް މިޤައުމު ބިދޭސީންގެ ހާއްޔަކަށްވެ އެމީހުން ހިތުހުރިހައި ކަމެއް ކުރަމުން ދާއިރު އަޅުގަނޑުމެން މިތިބީ "ނިދާފަ" އެވެ. ކުރެވޭނެ ކަމެއް ހެދޭނެގޮތެއް އެޅޭނެ ފިޔަވަޅެއް ނެތީއްޔޯލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.