ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 22:40
ވަރުން ދަވަން އާއި ސާރާ އަލީ ޚާން
ވަރުން ދަވަން އާއި ސާރާ އަލީ ޚާން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
"ހުސްނުހޭ ސުހާނާ"ގެ ރީމޭކްގައި ވަރުން އާއި ސާރާ
 
މި ފިލްމަކީ ޑޭވިޑް ދަވަން ޑައިރެކްޓް ކުރާ ފިލްމެއް
 
މި ލަވަ ހިމެނުމަށް ހަަމަޖެހިފައިވަނީ "ކޫލީ ނަމްބަރު1" ގެ ރީމޭކްގައި

ވަރުން ދަވަން އާއި ސާރާ އަލީ ޚާން ފުރަތަމަ ފަހަރަށް އެކުގައި ފެނުފެންދާ ފިލްމަކީ " ކޫލީ ނަމްބަރ 1" ގެ ރީމޭކްއެވެ.

90 ފަހުކޮޅުގައި ރިލީޒްކުރި ކާމިޔާބު ހެއްވާ މަޖާ ފިލްމް "ކޫލީ ނަމްބަރު 1" ގައި ލީޑް ރޯލުން ފެނިގެންދާ ތަރިންނަކީ ކަރިޝްމާ ކަޕޫރާއި ގޯވިންދާ އެވެ.

"ކޫލީ ނަމްބަރު 1" ގެ ލަވަތަކުގެ ތެރޭގައި ހިމެނޭ "ހުސްނުހޭ ސުހާނާ " މި ލަވަ ފިލްމްގެ ރީމޭކްގައިވެސް ހިމެނުމަށް ވަރުންގެ ބައްޕަ އަދި ފިލްމްގެ ޑައިރެކްޓަރ ޑޭވިޑް ދަވަން ވަނީ ނިންމާފައެވެ.

މި ލަވައިގައި ފެނިގެންދާނީ މި ރީމޭކްގައި ފެނިގެންދާ ދެތަރިން ކަމަށްވާ ސާރާ އާއި ވަރުންއެވެ.

މީގެ ކުރިންވެސް ޑޭވިޑް ޑައިރެކްޓް ކޮށްފައިވާ ފިލްމް "ޖުޅުވާ 2" ގައިވެސް ވަނީ "ޖުޅުވާ " ގައި ހިމެނޭ ދެ ލަވަ ކަމަށްވާ "ޓަންޓަނާޓަން އަދި އޫޗީހެ ބިލްޑިންގ" ގެ ރީމޭކެއް ހަދާފައެވެ.

ވަރުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު އޭނާ ދަނީ އަންނަ ހުކުރު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އޭނާގެ ފިލްމް " ސްޓްރީޓް ޑާންސަރ 3 ޑީ" ގެ ޕްރޮމޯޝަން މަސައްކަތްތައް ކުރަމުންނެވެ.

ސާރާ މިވަގުތު ދަނީ އަންނަ ފެބްރުއީ މަހުގެ 14 ގައި ރިލީޒް ކރުމަށް ހަމަޖެހިފައިވާ "ލަވް އާޖްކަލް" ގެ މަސައްކަތްތައް ކުރަމުންނެވެ. " ލަވް އާޖްކަލް" އަކީ ސާރާގެ ބައްޕަ ސައިފް އަލި ޚާން ލީޑްރޯލް ކުޅެފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް