ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 22:36
ތެހްރީކް-އައް-ލައްބައިކް ޕާޓީން ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ތެހްރީކް-އައް-ލައްބައިކް ޕާޓީން ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
-
ޕާކިސްތާނު
86 އިސްލާމިސްޓުންނަށް 55 އަހަރުގެ ޖަލު ހުކުމެއް!
 
ހުކުމް އިއްވާފައިވަނީ އިސްލާމްއާބާދުގައި އޮންނަ ސިޓީއެއް ކަމަށްވާ ރަވާލްޕިންޑީގައި ހުންނަ ކޯޓުން
 
މި 86 މީހުންގެ މައްޗަށް މިހުކުމް އިއްވާފައިވަނީ ބުރާސްފަތި ދުވަހު

ޕާކިސްތާނުގެ ކޯޓަކުން ރެޑިކަލް އިސްލާމިސްޓް ޕާޓީއެއްގެ 86 މެމްބަރުންނަށް 55 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި ޖަލު ހުކުމް ޕާކިސްތާނުގެ ކޯޓުން އިއްވާފައިވަނީ ކްރިސްޓިއަން އަންހެނެއް ދީނަށް ފުރައްސާރަ ކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމުމާއި ގުޅިގެން އެކަމާއި ދެކޮޅަށް 2018 ވަނަ އަހަރު ކުރެވުނު މުޒާހަރާއެއްގައި ހިނގާދިޔަ ހަމަނުޖެހުންތަކަކާއި ގުޅިގެންނެވެ.

މި 86 މީހުންގެ މައްޗަށް މިހުކުމް އިއްވާފައިވަނީ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި އޮންނަ ސިޓީއެއް ކަމަށްވާ ރަވާލްޕިންޑީގައި ހުންނަ ކޯޓުންނެވެ. މި މައްސަލައިގެ އަޑުއެހުންތައް އަހަރަކަށް ވުރެ ގިނަ ދުވަހެއް ދިގުދެމިގެން ގޮސްފައިވެއެވެ.

އަދި ހުކުމް އިއްވުނު އެންމެންގެ ފަރާތުން ވެސް ކަފާލާތަށް ހުށަހަޅާނެ ކަމަށް އެ މީހުން ނިސްބަތްވާ ރެޑިކަލް އިސްލާމިސްޓް ޕާޓީ ކަމަށްވާ ތެހްރީކް-އައް- ލައްބައިކް ޕާޓީގެ އިސްވެރިއެއް ކަމަށްވާ ފިރް އިޖާޒް އަޝްރަފީ ބުނެފައިވެއެވެ. އެސޯސިއޭޓެޑް ޕްރެސް އަށް ދިން އިންޓަވިއުއެއްގައި އަޝްރަފީ ބުނެފައިވަނީ ބުރާސްފަތި ދުވަހު ކުރެވުނު ހުކުމްތަކަކީ އިންސާފާއި ދެކޮޅަށް ކުރެވުނު ހުކުމްތަކެއް ކަމަށެވެ.

86 މީހުންނަށް ކުރެވުނު މި ހުކުމަކީ އާއްމި ތަންތަން ހަލާކު ކުރުމާއި މީހުންނަށް އަނިޔާކުރުމާއި މީހުންގެ އާއްމު ދިރިއުޅުމަށް ބުރުއަރާފަދަ އަމަލުތައް ހިންގުމުގެ ސަބަބުން އައި ހުކުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް