ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 21:28
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު
ރައްޔިތުންގެ މަޖިލިސް
މުހައްމަދު ރިޔާޒު
ކުއްޖާގެ ބައްޕަ އަކީ ގާތް ރައްޓެއްސެއް ކަމަށް ދެެކެވޭ ވާހަތައް ރިޔާޒު ދޮގުކުރައްވައިފި
 
އެއީ ވަކިން ޓާގެޓް ކޮށްގެން ދައްކާ ވާހަކަތައް ކަމަށް ވިދާޅުވި
 
ކުއްޖާގެ ބައްޕަގެ މައްޗަށް ތުހުމަތު ކުރެވެނީ އެ ކުއްޖާ އަށް އިހުމާލުވި މައްސަލަ
 
އެއީ ''ބީރައްޓެއްސެއް'': ރިޔާޒު

ގއ. މަޑުއްވަރީގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ތުއްތު އަންހެން ކުއްޖާގެ ބައްޕައާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒުގެ ގާތް ރައްޓެއްސެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

ދެ އަހަރުނުވާ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވުމާއި އެކު، އުމުރުން 33 އަހަރުގެ އެ ކުއްޖާގެ ބައްޕަ އަކީ ރިޔާޒުގެ ކުޑައިރުގެ ރައްޓެއްސެއް ކަމަށާއި، އެމީހާ ދިފާއުކުރަން ރިޔާޒް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުތަކެއްކޮށް ޝޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ވަނީ އާއްމުވެފައެވެ.

އެ ވާހަކަތަށް ދޮގުކުރައްވައި ރިޔާޒް އޭނާގެ ފޭސްބުކްގެ ލިޔުއްވި ސްޓޭޓަސްއެއްގައި ވިދާޅުވީ، އެ ކުއްޖާގެ ބައްޕަ އަކީ އޭނާ ނުވަތަ އާއިލާ މީހުންވެސް ދަންނަ މީހެއް ނުން ކަމަށެވެ. އަދި އެ މީހާ އަކީ ''ބީރައްޓެއްސެއް'' ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އެ ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި، އެފަދަ ވާހަކަތަކުގެ ސަބަބުން އޭނާގެ އާއިލާ ނުރައްކާ އަށް ހުޅުވިގެންދާނެ ކަމަށެވެ. އެ ވާހަކަތަކަކީ އޭނާ އަދާކުރާ ވަޒީފާއާ މަސައްކަތަށް ޓާގެޓް ކުރެވޭ ކަމެއްގެ ގޮތުގައި ރިޔާޒްގެ ސްޓޭޓަސް ނިންމަވާލައްވަމުން އޭނާ ލިޔުއްވިއެވެ.

ކަނޑުހުޅުދޫން ހައްޔަރު ކުރި ތުއްތު ކުއްޖާގެ ބައްޕަގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. ބައްޕަގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ކުއްޖާ އަށް އިހުމާލުވި މައްސަލަ އެެވ. ދެ އަހަރު ނުވާ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކާފަ އާއި މުނިކާފަގެ ބަންދަށްވެސް ވަނީ 15 ދުވަަސް ޖަހާފައެވެ. ކުއްޖާގެ ބައްޕަ ހައްޔަރު ކޮށްފައިވަނީ ހުޅުމާލެ އިންނެނެވެ. ހުކުރު ދުވަހު އޭނާ ފިލަންވެގެން ވަދެ އޮތް 108 ނަންބަރު ފްލެޓް ކައިރިއަށް މީހުން އެއްވެ އެ ސަރަހައްދުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް