ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 16:18
ހުކުރު ދުވަހުގެރޭ ހުޅުމާލެގައި ކުރި މުޒާހަރާގެ ތެރެއިން
ހުކުރު ދުވަހުގެރޭ ހުޅުމާލެގައި ކުރި މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
 
މައްސަލަ ބަލަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން
 
އެކަން ވަނީ ސަމާލުކަމަށް އައިސްފައި: ހަމީދު
 
އަނިޔާކޮށްފައިވަނީ ހުކުރު ދުވަހު ހުޅުމާލޭގައި ކުރި މުޒާހަރާގެ ތެރެއިން

ހުކުރު ދުވަހުގެރޭ ހުޅުމާލެ 108 ނަންބަރު ފްލެޓް ސަރަހައްދުގައި އާއްމުންތަކެއް އެއްވެ ކުރި މުޒަހަރާގައި، ފުލުސް އޮފިސަރަކު އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ހޫނުވެ އެ ކުއްޖާގެ ބައްޕަ ފިލަން ވަދެއޮތް ހުޅުމާލެ ފްލެޓް ސަރަހައްދުގައި ހުކުރު ދުވަހު ކުރި މުޒާހަރާގައި ފުލުހަކު ދިން ހަމަލާއަކުން އަަންހެނަކަށް އަނިޔާވެފައިވާ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ އަންހެނެއްގެ މޫނަށް އަނިޔާތަކެއް ލިބި އޭނާގެ މޫނުން ލޭ އަންނަަތަނެވެ.

އެ މައްސަލަ އާއި ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއް ވިދާޅުވީ، މެދު އުމުރުގެ އަންހެނަކަށް ފުލުހަކު އަނިޔާކުރި މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ އާއިލާއާ ވާހަކަ ދައްކައި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްގެ ޓީމެއް އެ އަންހެން މީހާ ދިރިއުޅޭ ގެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. ހަމީދު ވިދާޅުވި، އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ކުރި މުޒާހަރާގައި މިހާތަނަށް 27 މީހަކު ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 19 މީހުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
25%
0%
0%
25%
ކޮމެންޓް