ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 12:45
ހެލްތު މިނިސްޓްރީން އަންނަނީ ހިމަބިއްސަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގަމުން
ހެލްތު މިނިސްޓްރީން އަންނަނީ ހިމަބިއްސަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގަމުން
ހެލްތު މިނިސްޓްރީ
ހިމަބިހި
ހުޅުމާލޭގައި ހިމަބިއްސަށް ސްކްރީން ކުރުމުގެ ސެންޓަރެއް ގާއިމުކޮށްފި
 
މިހާތަނަށް ރާއްޖެއިން ހަތަރު މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައި
 
އިތުރު މައުލޫމާތު ހޯދުމަށް 7289259 ށް ގުޅުމަށްވެސް ހެލްތު މިނިސްޓްރީން ބުނޭ
 
ހެނދުނު 8 ން ރޭގަނޑު 10 ށް ޚިދުމަތް ދެމުންގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނޭ

މީސަލްސް ނުވަތަ ހިމަބިއްސަށް ސްކްރީންކުރާނެ ސެންޓަރަކާއި، ހިމަބިހީގެ ވެކްސިން ދޭނެ ސެންޓަރެއް ޤާއިމުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އާދީއްތަ ދުވަހުން ފެށިގެން ހުޅުމާލެގެ އޯޓިޒަމް ސެންޓަރާއި ޖެހިގެން އުތުރަށް ހުންނަ ޕްރީ ސްކޫލް ޢިމާރާތުގައި ހިމަބިއްސަށް ސްކްރީން ކުރުމުގެ ސެންޓަރެއް ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި އެތަނުން ހެނދުނު 8 ން ރޭގަނޑު 10 ށް ޚިދުމަތް ދެމުންގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ހުމާއެކު ގައިގައި ކުދި ބިހިތައް ނަގާނަމަ މި ސެންޓަރަށް ވަޑައިގެން ޑޮކްޓަރުގެ ލަފާހޯދުމަށް އެދޭކަމަށެވެ. އަދި މިކަމާއި ގުޅޭއިތުރު މަޢުލޫމާތު ހޯދުމަށް 7289259 ށް ގުޅުމަށްވެސް ހެލްތު މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

މީގެއިތުރުން ހެލްތު މިނިސްޓްރީން ބުނީ ހިމަބިއްސަށް ސްކްރީން ކުރުމުގެ ސެންޓަރެއް މާލޭގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ހަތަރު މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ.

ހުރިހާ އަތޮޅެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތާގައި ވެކްސިން ދިނުމުގެ މަސައްކަތް ފަށާއިވާއިރު، ރަށްރަށުގައި ތިބި މީސަލްސް ގެ ދެ ޑޯޒް ހަމަނުވާ 18 އަހަރުން ދަށުގެ ކުދިން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތްވެސް ހެލްތު މިނިސްޓްރީން ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް