ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 12:26
ޝާހްރުކް ޚާނާއި ކަރީނާ އެކުގައި ކުޅުނު ފިލްމެއްގެ މަންޒަރެއް
ޝާހްރުކް ޚާނާއި ކަރީނާ އެކުގައި ކުޅުނު ފިލްމެއްގެ މަންޒަރެއް
އެންޑީޓީވީ
ޝާކްރުކް ޚާން-ކަރީނާ ކަޕޫރް
ޝާކްރުކް ޚާނާއި، ކަރީނާ އަނެއްކާވެސް އެއް ފިލްމަކުން
 
ޝާހްރުކް ޚާނާއެކު ފިލްމުން ފެންނާނީ ކަރީނާ ކަޕޫރު ޚާންކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނޭ
 
ޝާހްރުކް ޚާން ވަނީ ރާޖްކުމާރު ހިރާނީގެ އަންނަން އޮތް ފިލްމުގެ އިސް ބަޠަލުގެ ބައި ކުޅެން އެއްބަސްވެފައި
 
ޝާހްރުކް ޚާން އެންމެ ފަހުން ކުޅުނީ އާނަންދް އެލް ރާއީގެ "ޒީރޯ"

ޝާހްރުކް ޚާން ފިލްމު ކުޅުމާއި ދުރަށް ޖެހިފައިވާތާ މިހާރު ދުވަސްގަނޑެއް ވެއްޖެއެވެ. އެހެންކަމުން އޭނާގެ ފޭނުން މިހާރު ތިބީ އޭނާ ބޮޑު ސްކްރީނުން ފެންނާނެ ވަގުތެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. ޝާހްރުކް ޚާން އެންމެ ފަހުން ފެނިފައިވަނީ 2018 ވަނަ އަހަރު އާނަންދް އެލް ރާއީގެ "ޒީރޯ" އިންނެވެ.

ޝާހްރުކް ޚާން ފިލްމުތަކެއްގައި ސޮއިކުރަން އުޅޭ ކަމުގެ ޚަބަރު ފެތުރެމުންދާތާ މަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް އެއީ ކޮން ފިލްމުތަކެއް ކަމެއް ކަނޑައެޅިގެން ނޭނގެއެވެ. އެންމެ ފަހުން އަޑު އިވުނު ގޮތުން ޕްރޮޑިއުސަރ ރާޖްކުމާރު ހިރާނީގެ އުފައްދާ ފިލްމުގެ ލީޑްރޯލު ކުޅެން ޝާހްރުކް ޚާނަށް ހުށަހަޅާފައިވެއެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ފުޅާދާއިރާއެއްގައި ފަތުރަމުންދާ މަޖައްލާ ކަމުގައިވާ "ފިލްމް ފެއަރ އިން ރިޕޯޓުކުރާ ގޮތުގައި، ޝާހްރުކް ޚާން މިހާރު ވަނީ ރާޖްކުމާރު ހިރާނީގެ އަންނަން އޮތް ފިލްމުގެ އިސް ބަޠަލުގެ ބައި ކުޅެން އެއްބަސްވެ ސޮއިކޮށްފައެވެ.

ޝާހްރުކް ޚާނާއި ސޮއިކުރި މި ފިލްމުގެ ބަޠަލެއްގެ ބައި ކުޅޭނީ ކަރީނާ ކަޕޫރު ޚާންކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ދެ ތަރިން އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ "ރާ.ވަން" އިންނެވެ. ބޮލީވުޑް ގެ ޚަބަރުތަކުން މިހެން ބުނަމުން ދިޔަނަމަވެސް، ފިލްމުގެ ޕްރޮޑިއުސަރާއި، ޝާހްރުކް ޚާނާއި، ކަރީނާގެ ފަރާތުން މިކަމާ ބެހޭ އެއްވެސް ތަފުޞީލީ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ގިނަ ފަރާތްތަކުން ތިބީ މި ފިލްމަށް ކިޔާނެ ނަމަކާއި، އަދި މި ދެތަރިން އަލުން ފިލްމަކުން ފެންނައިރު ދެމީހުންގެ ހުނަރާއި އަދި ކުޅޭނެ ރޯލު އިނގެން ކެތްމަދުވެފައެވެ. ފޭނުންނާއި އެއްވަރަކަށް ފިލްމުގެ ކްރިޓިކްސްއިން ވެސް މި ފިލްމަށް އިންތިޒާރުކުރަމުންދާކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެއެވެ.

ކަރީނާ ކަޕޫރް ޚާން މިދުވަސްވަރު އުޅެނީ އޭނާ އެންމެ ފަހުން ކުޅުނު ފިލްމު "ގުޑް ނިއުސް" ގެ ކާމިޔާބީ ފާހަގަކުރުމުގައެވެ. ޝާހްރުކް ޚާން ފިލްމަކުން ނުފެންނަތާ ދެ އަހަރާއި ގާތްވެއްޖެއެވެ. އެންމެ ފަހުން އޭނާ ސްކްރީނުން ފެނިފައިވަނީ ޓޯކް ޝޯވް އަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
0%
100%
0%
0%
ކޮމެންޓް