ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 09:02
ވަރުން ދަވަން އާއި ނަތާޝާ ދަލާލް
ވަރުން ދަވަން އާއި ނަތާޝާ ދަލާލް
ގޫގުލް
ބޮލީވުޑް
ވަރުންއާއި ނަތާޝާގެ ކައިވެނި މިއަހަރުގެ މޭމަހުގައި؟
 
ނަތާޝާ އާއި ވަރުން އަކީ ދުވަސްވީ ދެ ލޯބިވެރިން
 
ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ގޯއާ ގައި
 
ކައިވެނީގެ ރަސްމިއްޔާތު ހަފްތާއަކަށް ދެމިގެންދާނެ ކަމަށް ރިޕޯޓްތައް ބުނޭ

ވަރުން ދަވަން އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނި މިއަހަރުގެ މޭމަހުގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަހަރުތަކެއް ވަންދެން ވަރުން އާއި ނަތާޝާގެ ގުޅުން ސިއްރުކޮށްގެން އުޅުމަށްފަހު ފަހަކަށް އައިސް އެކިއެކި ހަފުލާ ތަކުން ވަރުން އާއި ނަތާޝާ އެކުގައި ފެނިގެން ދާން ފެށުމުން އެކަމާއި ގުޅޭގޮތުން "ކޮފީ ވިތު ކަރަން" ގައި ކަރަންޖޯހަރު ކުރި ސުވާލަކަށް ޖަވާބުދެމުން ވަރުން ވަނީ އެ ދެމީހުން ރައްޓެހިވެގެން އުޅޭކަން ހާމަކޮށްފައެވެ. އެ ޝޯވްގައި ކަރަން ވަނީ އޭނާ އާއި ނަތާޝާ ރައްޓެހިވެގެން އުޅޭ ކަމަށާއި، ކޮންމެވެސް ދުވަހަކުން ކައިވެނި ކުރާނެ ކަމަށް ބުނެފައެވެ.

ވަރުން އާއި ނަތާޝާގެ ކައިވެނި ވެގެންދާނީ "ޕަންޖާބީ ވެޑިން"އަކަށެވެ. އަދި މި ކައިވެނީގެ ރަސްމިއްޔާތު ހަފުތާއެއްހާދުވަހަށް ދިގުދެމިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކައިވެނީގެ "މެހެންދީ" އާއި ސަންގީތު އަދި ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މީގެ އަށް އަހަރު ކުރިން ބޭއްވި ވަރުންގެ ބޭބެ ރޯހިތުގެ ކައިވެނީގެ ހަފުލާވެސް ބޭއްވިގޮތަށް ގޯއާގެ ލަގްޒަރީ ހޮޓެލް އެއް ނުވަތަ ބީޗު ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ދާދި ފަހުން ކައިވެނި ކުރި ބޮލީވުޑުގެ ތަރި ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ކައިވެންޏާއި ޚިލާފަށް މި ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ރިޕޯޓުތައް ބުނެވެ.

ވަރުންގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް ބޮލީވުޑްގެ ބައެއް ތަރިންގެ ގާތުވެސް މޭމަހުގެ ދެވަނަ އަދި ތިންވަނަ ހަފުތާގެ ދުވަސްތައް ހުސްކޮށް ބޭއްވުމަށް އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަރުންގެ އާއިލާއާއި ނަތާޝާ އާއި ގާތް ގުޅުމެއް އޮންނަ ކަމަށާއި ވަރުންގެ އާއިލާއަށް ނަތާޝާ ވަރަށް ކަމުދާކަމަށް ރިޕޯޓުތައް ބުނެއެވެ. މި އާއިލާއެކުގައި ދާދިފަހުން އައު އަހަރު ފާހަގަ ކުރުމަށް ސްވިސްގެ ރިސޯޓަށް ވަރުންގެ ޢާއިލާ ދިޔައިރު ނަތާޝާވެސް ވަނީ މި ދަތުރުގައި ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް