ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 08:43
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
ޖެންޑަރ މިނިސްޓަރ
ޖެންޑަރގެ ގއ. ސެންޓަރުގައި މުވައްޒަފަކު ނެތްތާ އަހަރެއްހާ ދުވަސް!
 
މިނިސްޓްރީގައި ހުރި ރިސޯސްއަކުން ޚިދުމަތް ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި
 
ސިވިސްސާވިސްގެ ޕްރޮސީޖަރ އޮންނަގޮތުން އިމަޖެންސީ ހާލަތްތަކުގައި ކަންކަން އެޖަސްޓް ކުރަން ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަ ކުރެއްވި
 
މުވައްޒަފަކު ހޯދުމުގެ މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށް މިނިސްޓަރ ވިދާޅުވި

ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ގއ. އަތޮޅުގައި ހިންގަމުން އަންނަފެމެލީއެންޑްޗިލްޑްރެންސަރވިސް ސެންޓަރުގައިކަމާއި ބޭހޭ އެއްވެސް މުވައްޒަފެއް ނެތްކަން ހާމަވެއްޖެ އެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ސެންޓަރުގައި މައްސަލަތައް ބަލައި ކޭސް ވޯކަރެއް ނުހުންނަތާ 4 މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކައުންސެލިން ދޭނެ މީހަކު ނުހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މީގެ އިތުރުން އެތަނުގައި އެޑްމިން އޮފިސަރެއް ނެތި ދެ މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

މި އޮފީސް ހުޅުވުމާއި ލެއްޕުމުގެ މަސައްކަތް ކުރަމުންދަނީ އެތަނުގެ މަސައްކަތު މީހުންނެވެ. މިހާރު އެތަނުގައި ތިބީ ދެ މަސައްކަތު މީހުންނާއި ދެ ވޮޗަރުންނެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ ސެންޓަރަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ނުގޮސް ހުއްޓިފައި ހުރި ކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ.

އެ ސެންޓަރުގައި ކަމާބެހޭ އެއްވެސް މުވައްޒަފެއް ނެތް ކަމުގެ މަޢުލޫމާތު ލިބިފައިވާއިރު ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައިގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެފައިވަނީ އަތޮޅުތެރޭގެ ސެންޓަރު ހުރީ އެންމެ އެކަށީގެންވާ ޚިދުމަތްދެވޭ ޙާލަތުގައި ނޫން ކަމަށެވެ.

ބައެއް ސެންޓަރުގެ ފިޒިކަލް ހާލަތަށް ބެލިޔަސް އަދި އެތަނުންގައި ތިބި މުވައްޒަފުންގެ އަދަދަށް ބެލިޔަސް. އޭގެ ހަމަ އެއް މިސާލެއް ގއ. ސެންޓަރުގައި އެއްވެސް މުވައްޒަފަކު ނެތް.
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް

މިނިސްޓަރ ވިދާޅުވީ މުވައްޒަފަކު ހޯދުމުގެ މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ. ބައެއް ޙާލަތްތަކުގައި ސިވިލް ސަރވިސްގެ ޕްރޮސީޖަރ އޮންނަގޮތުން ދިމާވާ އިމަޖެންސީ ޙާލަތްތަކުގައި ކަންކަން އެޖަސްޓް ކުރަން ގޮންޖެހުންތައް ކުރިމަތިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް މުހިންމު ދިމަދިމާލަށް މުވައްޒަފުން ނެގުމުގެ މައްސަލަތައް ދިމާވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޖެންޑަރ މިނިސްޓްރީ އަކީ ބަޖެޓް ކަނޑައެޅުމުގައި އަބަދުވެސް ވަރަށް މިނިމަމް ބަޖެޓެއް ލިބޭ މިނިސްޓްރީއެއް ކަމަށެވެ. ނަމަވެސް މިއަހަރުގެ ބަޖެޓުގައި ކޮންމެވެސް ވަރެއްގެ ރަނގަޅު ހެޔޮބަދަލުތަކެއް އައިސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީއަކީ މުޅި އިޖްތިމާޢީ މައްސަލަތައް ބަލާ ވުޒާރާއަށް ވެފައި މުޅި ދިވެހިރާއްޖޭގައި ހުރިހާ ރަށެއްގައި މިނިސްޓްރީގެ ޚިދުމަތްތައް ވަރަށް ބޮޑަށް ދޭންޖެހޭ މުއައްސަސާއަކަށް ވީއިރު، އެކަށީގެންވާ ފައިސާއާއި މުވައްޒަފުން އަދި ކެޕޭސިޓީވެސް ހުރިކަމަށް ޤަބޫލުނުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް ހުރި ކެޕޭސިޓީ "ސްޓްރެޗް" ކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީގައި މަސައްކަތް ކުރާ ސޯޝަލް ވޯކަރުންނާއި އަތޮޅުތެރޭގައި މަސައްކަތް ކުރާ ސޯޝަލް ވޯކަރުންނަކީ އެއިންކޮންމެ ކުއްޖެއް އަތުގައި 50 އަކަށް 60 އަކަށް ކޭސް ބަލަމުންދާ ސޯޝަލް ވޯކަރުން. އަޅަގަނޑަކަށް ހިޔެއް ނުވޭ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެއަދަދަށް އެއް ކޭސްވޯކަރަކު ކޭސް ބަލަމުންގެންދާނެކަމަކަށް
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް

މަސައްކަތުގެ ފަންނުވެރިންކަަމަށް ބަލާއިރު، އެއީ ވަރަށް ބޮޑު ލޯޑެއް ކަމަށާއި އެއީ ބެސްޓް ޕްރެކްޓިސްއެއްވެސް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ މިނިސްޓްރީގައި ހުރި ވަޞީލަތްތަކުން ޚިދުމަތް ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެވޭތޯ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް