ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 21:42
ޑީސީޖޭ ސްޕޯޓްސް އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޑީސީޖޭ ސްޕޯޓްސް އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
-
ޑީސީޖޭ ސްޕޯޓްސް އެކެޑަމީ
ޑީސީޖޭ ސްޕޯޓްސް އެކެޑަމީ ދިއްގަރުގައި ހުޅުވައިފި
 
ޑީސީޖޭ ސްޕޯޓްސް އެކެޑަމީ ފަށާފައިވަނީ 76 ކުދިންނާއެކު
 
އެކަޑަމީ ހުޅުވައިދެއްވީ ސްޕޯޓްސް ކޮމިޝަނަރ

ޑީސީޖޭ ސްޕޯޓްސް ކްލަބުގެ ފަރާތުން މ. ދިއްގަރުގައި ސްޕޯޓްސް އެކެޑެމީއެއް ހުޅުވައިފި އެވެ.

ދިއްގަރަށް ނިސްބަތްވާ ޑީސީޖޭ ސްޕޯޓްސް ކްލަބުން އެ ރަށުގައި އެކެޑަމީ ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމެވެ.

އެކެޑަމީ ހުޅުވުމަށް ދިއްގަރު ފުޓްސަލް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ދިއްގަރުގައި ހުޅުވެގެންދިޔަ މި އެކެޑަމީއަކީ ދިވެހި ފުޓްބޯޅައަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. އަދި މިފަދަ ކަމެއް އަމިއްލަ ކްލަބަލުން ރާއްޖޭގެ ރަށެއްގައި ކުރިއަށް ގެންދާ ކަމީ އުފާކުރާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ދިއްގަރުގައި ހުކުރު ދުވަހު ހުޅުވި ޑީސީޖޭ ސްޕޯޓްސް އެކެޑަމީގައި އަދި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފިރިހެން ކުދިންނަށް ފުޓްބޯޅައިގެ ހަރަކާތްތަކެވެ.

ޑީސީޖޭ ސްޕޯޓްސް ކްލަބުގެ ޗެއާމަން އިސްމާއީލް މާހިދު ވިދާޅުވީ އެ އެކެޑަމީގައި ފިރިހެން ކުދިންނަށް ހަމައެކަނި ފުޓްބޯޅަ އަދި ކުރިއަށްގެންދިޔަ ނަމަވެސް، ކައިރި މިސްތަގުބަލެއްގައި އަންހެން ކުދިންވެސް އެ އެކެޑަމީން ތަމްރީނުވާނެ ކަމަށެވެ. އަދި ދިއްގަރުގައި ސްޕޯޓްސް އެކެޑަމީ ކުރިއަށް ގެންދިޔުމަށް ދިއްގަރު ކައުންސިލާއި ދިއްގަރު ސްކޫލުގެ އިތުރުން ނ. ހޮޅުދޫގައި ކުރިއަށްދާ މައި ޔުޓައިލް ސްޕޯޓްސް

އެކެޑަމީގެ ބާނީ މޫސާ އިބްރާހީމް ވެދެއްވާ އެހީތެރިކަމަށް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ދިއްގަރުގައި ކުރިއަށްދާ ޑީސީޖޭ ސްޕޯޓްސް އެކެޑަމީ ފަށާފައިވަނީ 76 ކުދިންނާއެކުއެވެ. 4 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްދާ އެ އެކެޑަމީގައި ކުދިން ތަމްރީނުކުރުމަށް ފުޓްބޯލް އެސޯސިއޭޝަން ެޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑީ ލައިސަންސް ސެޓްފިކެޓް ހާސިލުކޮށްފައިވާ 4 ކޯޗުން ހަރަކާތްތެރިވެއެވެ.

ޑީސީޖޭ ސްޕޯޓްސް ކްލަބުން މައުލޫމާތުދޭ ގޮތުގައި ދިއްގަރުގައި ސްޕޯޓްސް އެކަޑަމީއެއް ހުޅުވަން ނިންމީ އެ ރަށުގައި ކުޅިވަރުން ރަނގަޅު ޖީލެއް ބިނާކުރުމާއި އެކު އަޚުލާގު ރަނގަޅު ކުޅުންތެރިންތަކެއް އެންމެ މަތީ ފެންވަރުގައި ކުޅިވަރަށް ނެރުމަށް ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް