ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 19:34
ވެކްސިންގެ މައުލޫމާތު ހިމެނޭ ޝީޓެއް
ވެކްސިންގެ މައުލޫމާތު ހިމެނޭ ޝީޓެއް
ވީއޯއޭ ނިއުސް
ހިމަބިހި
ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ
 
ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ދަނީ ހިމަބިއްސަށް ޝައްކު ކުރެވޭ ފަރާތްތަށް ޓެސްޓު ކުރަމުން
 
ހިމަބިއްސަށް ޕޮޒިޓިވް ވި މީހަކު ފެނިފައިވަނީ ހޮނިހިރު ދުވަހު ޓެސްޓް ކުރި 8 މީހުންގެ ތެރެއިން
 
މިއީ މިބައްޔަށް ޕޮޒިޓިވްވި ހަތަރު ވަނަ މީހާ

ހިމަބިއްސަށް ހޮނިހިރު ދުވަހު ޓެސްޓް ކުރި 8 މީހުންގެ ތެރެއިން އެކަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.

މިއީ މިފަހުން ރާއްޖޭގައި ހިމަބިހި ފެތުރެން ފެށިފަހުން މިބައްޔަށް ޕޮޒިޓިވްވި ހަތަރު ވަނަ މީހާއެވެ. މީގެކުރިން ހިމަބިހި ޖެހިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ދެ ކުޑަކުދިންނާއި ބޮޑު މީހާކަށެވެ. ބޮޑު މީހަކީ ހުޅުމާލެ ހޮސްޕިޓަލްގެ ޑޮކްޓަރެކެވެ. ހޮނިހިރު ދުވަހު ހިމަބިއްސަށް ޕޮޒިޓިވް ވީ ކުޑަކުއްޖެއްކަމެއް ބޮޑު މީހެއްކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

ރާއްޖެއަކީ ހިމަބިހި (މީސްލްސް) ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 2017 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ކަނޑައަޅާފައިވާއިރު، މި ބަލި ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

ބަލި ފެނިފައިވަނީ އުމުރުން ތިން އަހަރުގެ ކުއްޖެއްގެ ހަށިގަނޑުންނެވެ. އެއަށް ފަހު ހެލްތް މިނިސްޓްރީއާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ދަނީ ހިމަބިއްސަށް ޝައްކު ކުރެވޭ ފަރާތްތަށް ޓެސްޓު ކުރަމުންނެވެ. އަދި ބައްޔަށް ޝައްކުވާ ފަރާތްތަކުން ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެއިތުރުން ދަމަނަވެށީގައި އަންނަނީ ހިމަބިއްސަށް ވެކްސިން ޖަހައިދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް