ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 19:34
ހޮނިހިރު ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހިމޭން އިހުތިޖާޖުގެ ތެރެއިން
ހޮނިހިރު ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހިމޭން އިހުތިޖާޖުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާކުރާ މައްސަލަ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މިއަދުވެސް އިހުތިޖާޖުކޮށްފި
 
25 ރަށެއްގައި އިހްތިޖާޖުކުރި
 
130 ވަރަކަށް މީހުން ބައިވެރިވި
 
ހުކުރު ދުވަހުވެސް މުޒާހަރާ ކޮށްފައިވޭ

ތުއްތު ކުދިންނަށްކުރާ ޖިންސީ ގޯނާއި ދެކޮޅަށް, ހޮނިހިރު ދުވަހު ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ އަނެއްކާ ފެންމަތިވެފައިވަނީ މީގެ ތިން ދުވަހެއް ކުރިން ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އާއިލާގެ ތިން ބަފައިންގެ ވެގެން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކާއި އެކުއެވެ. އެކަމުގައި ހިމެނޭ އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެެވެ.

އެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ އާއި ގުޅިގެން ހުކުރު ދުވަހު އިހްތިޖާޖު ކޮށްފައިވަނީ ޖެންޑަރ މިނިސްޓްރީ ކުރިމަތީގައެވެ. ހޮނިހިރު ދުވަހު އިހްތިޖާޖު ކޮށްފައިވަނީ އާޓިފިޝަލް ބީޗު ސރަހައްދުގައެެވެ. ގާތްގަނޑަކަށް 130 ގިނަ މީހުން ބައިވެރިވި މި އިހްތިޖާޖުގެ އެ މީހުން ތިބީ ޖިންސީ ގޯނާ އާއި ދެކޮޅަށް އެމީހުންގެ ޝުއޫރު ފާޅުކޮށް ލިޔެފައި ހުރި ބޯޑުތައް ހިފައިގެންނެވެ.

ހޮނިހިރު ދުވަހު ހަވީރު ހަަަތަރެއް ޖެހިއިރު ފެށި އިހުތިޖާޖު އިންތިޒާމުކުރި ފަރާތުން ބުނީ، އިހުތިޖާޖުކުރުމުގެ ބޭނުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް މިހާރަށްވުރެ ބޮޑު އަދަބެއް ދިނުމަށް ގޮވާލުން ކަމަށެވެ.

އިހުތިޖާޖުގައި ބައިވެރިވި ފަރާތަކުން ޕޯސްޓަރެއް ހިފަހައްޓައިގެން. ފޮޓޯ: ސޮފްވާން (ސޮއްޕެ)

އެ މީހުން ބުނީ، އަޑުއުފުލަން އައި ފަރާތްތަކަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިހުތިޖާޖުގެ މައުލޫމާތު ލިބިގެން ދިޔަ މީހުން ކަމަށެވެ. ކަނޑުހުޅުދޫ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި ހިމެނޭ ތިން މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާފައިވާއިރު، ކުރިޔަށް އެ 15 ދުވަސްވަންދެން އިހުތިޖާޖު ކުރާނެ ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުންޏެވެ. ހޮނިހިރު ދުވަހު، ރާއްޖޭގެ 25 ރަށެއްގައި އިހުތިޖާޖު ކޮށްފައިވާ ކަމަށް އެކަން އިންތިޒާމްކުރި ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

އިހުތިޖާޖުގައި 130 އަށްވުރެ ގިނަ މީހުން ބައިވެރިވި. ފޮޓޯ: ސޮފްވާން (ސޮއްޕެ)

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކާއި ދެކޮޅަށް އަޑު އުފުލާފައިވާއިރު، ޖިންސީ ގޯނާކޮށްގެން ހުށައެޅޭ މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެކަމަކު އެކަމުގައި ޝަމިލްވާ މުއައްސަސާތަކަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭތީވެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ޖެންޑަރ މިނިސްޓްރީ އަށް އަމާޒުވާ ފާޑުކިޔުންތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ފަދަ މައްސަލަތަކުގައި ރައްޔިތުންނަށް އެނގެން ޖެހޭ ގިނަ މައުލޫމާތުތައް ޖެންޑަރއިން ސިއްރުކުރާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުތައް ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
19 ޖެނުއަރީ 2020 | އާދީއްތަ 06:47
ވޯޓްވިއްކި ގަމާރު
ކުޅުދުއްފުށީ މީހުން ސިޓީއެއްގެ ދަރަޖަ ހޯދަން މަސައްކަތް ކުރިގޮތައް ކޮއްފިޔާ ތިކަންވެސް ވާނެ...... އެކަމަކު އަދުރޭމެން މިކަމުގަ އުޅިގެންނެއް ނުވާނެ