ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 18:11
އެމްޑީޕީ އޮފީހުގައި ޕްރައިމަރީގެ ފޯމް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދަނީ
އެމްޑީޕީ އޮފީހުގައި ޕްރައިމަރީގެ ފޯމް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދަނީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ ޕްރައިމަރީގައި ކުޅުދުއްފުށި ސިޓީން ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފި
 
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު
 
ކުޅުދުއްފުށި ސިޓީގެ ހަ ދާއިރާއަށް ޕްރައިމަރީ އަށް ކުރިމަތިލާފައިވަނީ 18 މީހުން

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލުމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ އަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ލިސްޓް އާންމުކޮށްފި އެވެ.

ކުޅުދުއްފުށީ ސިޓީގެ ހަ ދާއިރާއަށް ޕްރައިމަރީ އަށް ކުރިމަތިލާފައިވަނީ 18 މީހުންނެވެ. ކުޅުދުއްފުށީ ސިޓީގެ މޭޔަރ ކަމަށް ދެ ފަރާތަކުން ކުރިމަތިލާފައިވެ އެވެ.

މީގެކުރިން އެމްޑީޕީން ވަނީ ކައުންސިލް އިންތިޚާބަށް އެޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރާ އެހެން ފަރާތްތަކުގެ ލިސްޓް އާންމުކޮށްފަ އެވެ. ކުޅުދުއްފުށި ސިޓީގެ ލިސްޓު ފަހުން ހާމަކޮށްފައިމިވަނީ ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ފަހުން ދިނުމާއި ގުޅިގެންނެވެ.

އެމްޑީޕީން ކުރިން އާންމުކޮށްފައިވާ ލިސްޓަށް ބަލާލާއިރު ކުޅުދުއްފުށި ސިޓީ ނުލާ ، ސިޓީ ކައުންސިލްތަކުގެ ޕްރައިމަރީގައި ވާދަކުރާނީ 108 ކެންޑިޑޭޓުންނެވެ. އެއީ މާލެ ސިޓީ އަށް 49 ކެންޑިޑޭޓުން، އައްޑޫ ސިޓީއަށް 44 ކެންޑިޑޭޓުން އަދި ފުވައްމުލަކު ސިޓީ އަށް 15 ކެންޑިޑޭޓުންނެވެ. އަތޮޅު ކައުންސިލްތަކަށް ކުރިމަތިލާފައިވަނީ 53 ކެންޑިޑޭޓުންނެވެ. ރަށު ކައުންސިލްތަކަށް ކުރިމަތިލާފައިވަނީ 1067 ކެންޑިޑޭޓުންނެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ. އެމްޑީޕީ ޕްރައިމަރީ މިމަހު ބާއްވާއިރު އެމްޑީޕީން މިހާރުވެސް ވަނީ ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭން ފަށާފަ އެވެ.

އެގޮތުން އެމްޑީޕީން ވަނީ "އެޖެންޑާ 19 ރަށަށް، ތިލަދުންމަތީ ދަތުރު" ގެ ނަމުގައި ހއ އަދި ހދ އަތޮޅުގެ ރަށްތަކުގައި ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންގޮސްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް