ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 18:13
ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަން ރަމްޒުކޮށްދޭ ޕޯސްޓަރެއް
ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަން ރަމްޒުކޮށްދޭ ޕޯސްޓަރެއް
ގޫގުލް
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ!
 
މިމައްސަލަގާއި ތުހުމަތުކުރެވޭ މީހާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރޭ
 
މިމައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައި
 
ފަސް އަހަރުގެ ކުއްޖަކަށް 56 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާކުރިކަމުގެ މައްސަލަ އެއް ދަނީ ބަލަމުން

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް، 56 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާކުރިކަމުގެ މައްސަލަ އެއް ބަލަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމުގައެވެ. އަދި މިމައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިމައްސަލަގާއި ތުހުމަތުކުރެވޭ މީހާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލަ އެއް ފެންމަތި ވެގެންމިދިޔައީ ގއ ކަނޑުހުޅުދޫގައި އުމުރުން 2 އަހަރުގެ ކުޑަކުއްޖަކަށް އެކުއްޖާގެ ބައްޕަ އާއި ކާޕަ އާއި މުނިކާފަ ޖިންސީ އަނިޔާކޮށްފައިވާ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

މިމައްސަލާގައި މި ތިން މީހުންވެސް މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މީގެއިތުރުން މިކަން ކުށްވެރިކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރައްވާ އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް ވަނީ އެދިވަޑައިގަންފައެވެ.

މީގެއިތުރުން މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް