ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 18:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ބަޔާން
އެއްވެސް ފަސްޖެހުމެއް ނެތި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާނަން: ރައްޔިތުންގެ މަޖިލިސް
 
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުނުވާ ކުޑަކުއްޖަކަށް ޖިންސީ އަނިޔާދިން މައްސަލައެއްގައި އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައި
 
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ބައްދަލުވުމެއް، ކަމާގުޅޭ އިދާރާތުގެ ބޭފުޅުންނާއެކު ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ
 
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލްގެ ގާނޫނު ވަނީ 28 އަހަރަށްފަހު، މިމަޖިލީހުން ފާސްކޮށްފަ

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި، ކުރާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުން ހޮނިހިރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ކުއްޖަކަށް އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އައުމާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ކުއްލި ވައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ބާއްވާ، އެމައްސަލާގައި މަޝަވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ކޮމެޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ނިންމާފައިވަނީ، ކަމާގުޅޭ މައުލޫމާތު ސާފުކުރެއްވުމުގެ ގޮތުން ކްރިމިނަލް ކޯޓާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށެވެ. މީގެއިތުރުން، 18 ޖަނުއަރީ 2020 ވާ ހޮނިހިރު ދުވަހުގެ ރޭ (މިރޭ) 21:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމުގައި، ޖެންޑަރ މިނިސްޓަރާއި ކްރިމިނަލް ކޯޓުގެ އިސް ބޭފުޅުންނާއި ފުލުހުންގެ އިދާރާގެ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސްވެރިންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސް ބޭފުޅުންގެ އިތުރުން، ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ރައީސާ ބައްދަލުކުރައްވައި މައުލޫމާތު ސާފު ކުރެއްވުމަށެވެ.

މަޖިލީހުގެ ބަޔާނުގައި ބުނެފައިވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުމުގެ މަސައްކަތަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ. އެގޮތުން 28 އަހަރަށްފަހު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލްގެ ގާނޫނު އެ މަޖިލީހުން ފާސްކުރައްވާ މިހާރުވަނީ ތަސްދީޤު ކުރައްވާފަ ކަމަަށެވެ.

މީގެއިތުރުން، މަޖިލީހުން ނެެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ކުޑަކުދިންނާގުޅޭ މިފަދަ ހުރިހާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް
18 ޖެނުއަރީ 2020 | ހޮނިހިރު 22:56
ސާޔާ
ނައިފަރުގަ ކުޑަކުއްޖަކާބެހިގެން އުޅެނީ ޅަވިޔަނި އަތޮޅު ކައުންސިލް ރައީސަކަށް އެމްޑީޕީ ޕްރައިމެރީގަ ނައިފަރުން ވާދަކުޜާ މީހާގެ ދަނބިދަރި. މައްސަލަ އޮއްބާލާފަ ފުލުހުންނާ ޖެންޑާއިން އެތިބެނީ އަޅާވެސްނުލާ