ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 19:25
ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަން ރަމްޒުކޮށްދޭ ޕޯސްޓަރެއް
ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަން ރަމްޒުކޮށްދޭ ޕޯސްޓަރެއް
ގޫގުލް
ޖިންސީ ގޯނާ
ހަސަންބެ އެކިޔަނީ ކޮޓަރިއަށް އަންނާށޭ!
 
ރޭޕްކުރި ދެމީހުން ވަނީ ހައްޔަރުކޮށްފައި
 
ފުރައްސާރަކުރީ އަވައްޓެރި ކުއްޖަކަށް ކަމަށް ބުނޭ

އުމުރުން އެންމެ ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް މަންމަ އަނިޔާކޮށް މަރާލި ހާދިސާއަކީ 2015 ވަނަ އަހަރު މުޅި ރާއްޖެ ސިއްސުވާލި ހާދިސާއެކެވެ. މި ހާދިސާއަށް ފަހު އަނެއްކާވެސް ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ ގިނަ ބައެއްގެ ލޯތައް ވަނީ ފެންކަޅިކޮށްލާފައެވެ. ކުޑަކުދިންނަށް އިހުމާލުވާ މައްސަލަތަކާއި، އެކުދިންނަށް ތަފާތު އަނިޔާތައް ކުރިމަތިވާ މައްސަލަތައް އިތުރުވަމުންދާއިރު، މި މައްސަލަތަކަށް މާބޮޑު ހައްލެއް ހޯދިފައިވާ ކަމަށް ބުނެވޭކަށް ނެތެވެ. ދެއަހަރު ނުވާ ތުއްތު ކުއްޖަކަށް ތިން ބަފައިންވެގެން "އަނިޔާވެރިވެފައިވާ" މައްސަލަތަކެއް ފެންމަތިވެ، 24 ގަޑައިރު ނުވަނީސް އެފަދަ ބިރުވެރި މަންޒަރެއް ދައްކުވައިދޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ގއ.ކަނޑުހުޅުދޫގައި ހިނގި މިހާދިސާއާ ބެހޭ ގޮތުން އެރަށުގެ ޒުވާނަކު ބުނީ އާންމުވި ވީޑިއޯއަކީ ޖިންސީ އަނިޔާ ލިބުނު އުމުރުން ދެއަހަރު ނުވާ ތުއްތު ކުއްޖާގެ، 82 އަހަރުގެ މުނި ކާފަ އެހެން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށް މަސައްކަތް ކުރާ ވީޑިއޯއެއް ކަމަށެވެ. އަދި އެއީ އެމީހުން ދިރިއުޅެމުން ދިޔަ ގޭގެ އަވައްޓަރިއެއްގެ ކުއްޖަކަށް ކަމަށް އެމީހާ ބުންޏެވެ.

މީގެ އިތުރުން އެޒުވާނާ ބުނީ އެ މުސްކުޅި މީހާއަކީ "މަޖަލަކަށް" ކުޑަ ކުދިން ފަހަތުން ދުވެ ތަފާތު އެކި ޖެއްސުން ކުރަމުން އަންނަ މީހެއްކަމެވެ. ތުންތުން މަތިން ކުޑަކުދިންނަށް އޭނާގެ ފަރާތުން ގޯނާ ކުރާ ކަމަށް ދެކެވެނު ނަމަވެސް އެފަދަ މައްސަލައެއް ރަސްމީކޮށް އެއްވެސް އިދާރާއަކަށް ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް ރޭޕްކުރި ތުއްތު ކުއްޖާގެ މުނިކާފައަކީ މީގެކުރިން ވެސް ދެފަހަރެއްގެ މަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯގައި މުނިކާފަ ކުޑަ އަންހެން ކުއްޖަކު ކައިރީ ސައިބުއިމަށް ކޮޓަރިއަށް ވަނުމަށް ބުނާ އަޑުއިވެއެވެ. އަދި ފައިސާގެ ވާހަކަ ދެއްކުމުގެ އިތުރުން ބޭއަދަބީ ބަހުން ޖިންސީ ގުޅުން ހިންގުމަށް އައުމަށް ބުނާ އަޑު އިވެއެވެ. އަދި އަންހެން ކުއްޖާ ދުވެފައިދާއިރު، ބިރުގަނެ ހާސްވެފައިވާ އެއަޑުން '' ހަސަންބެ އެކިޔަނީ ކޮޓަރިއަށް އަންނާށޭ '' މިހެން މަންމަ ގާތު ބުނާއަޑު އިވެއެވެ. އެހިސާބުން ވީޑިއޯ ނިމޭއިރު، އެ މުސްކުޅި މީހާގެ މޫނެއް ނުފެނެއެވެ.

އެ ވީޑިއޯގައި އެބުނާ ހަސަންބެ އަކީ ޖިންސީ އަނިޔާ ލިބުނު ދެއަހަރު ނުވާ ތުއްތު ކުއްޖާގެ މުނި ކާފަ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުންނަށް އަދި ކަށަވަރު ކުރެވިފައިނުވާ ކަމަށް ވަނީ ބުނެފައެވެ. މި ވީޑިއޯގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މިމައްސަލަ ބަލާ ދިނުމަށް ޕްރޮސެކިއިޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވެސް ވަނީ އެދިވަޑައިގެންފައެވެ.

ކޮންމެއަކަސް ދެއަހަރު ނުވާ ތުއްތު ކުއްޖާގެ މިމައްސަލައާއެކު ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރި ގިނަ ބައެއް ކަމަށްބުނާ ފޮޓޯތަކެއް ވެސް މިވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ގިނަ ބަޔަކު ނުރުހުންފާޅު ކުރަމުންދާއިރު، ޖިންސީ ފުރައްސާރައާއި އަނިޔާ ލިބުނު ގިނަ ކުދިންނަށް އިންސާފު ނުލިބޭ ކަމަށާއި، ބައެއް މައްސަލަތައް ޝަރީއަތުގައި ނުހިނގާ ކަމަށް ބުނެއެވެ. މިވިޔާނުދާ އަމަލު ހިންގި މީހުން މިނިވަންކަމާއެކު ދިރިއުޅެމުންދާއިރު، ޝިކާރަ ކުދިން ދިރިއުޅެން ޖެހިފައިމިވަނީ އަދިވެސް އެލަށްގަނޑުގައި ކަމަށް އެމީހުން ތުހުމަތުކުރެއެވެ.

''ހަސަންބެ އެކިޔަނީ ކޮޓަރިއަށް އަންނާށޭ'' ބުނާ މިފަދަ މަދު ވީޑިއޯއެއް އާންމުވި ނަމަވެސް އެމުސްކުޅި މީހާ ޝިކާރައަކަށްވި ކިތައް ކުޑަކުދިން އުޅޭނެބާ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
2%
1%
2%
93%
1%
1%
ކޮމެންޓް
19 ޖެނުއަރީ 2020 | އާދީއްތަ 15:44
ޔާމީން
ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން