ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 18:13
އެމްއެންޑީއެފުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އެމްއެންޑީއެފުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ޖިންސީ ގޯނާ- ރޭޕް
ސިފައިންގެ ދެ މީހަކު 15 އަހަރު ކުއްޖަކު ރޭޕް ކުރި މައްސަލައެއް ހުށައެޅިފައެއް ނުވޭ: އެމްއެންޑީއެފް
 
ކަނޑުހުޅުދޫގައި ހިނގި ހާދިސާގައި ކުށްވެރިވާ ފަރާތްތަކަށް ހައްޤު އަދަބު ލިބުމަށް އެދޭކަމަށް ބުނެފައިވޭ
 
ރޮޒެއިނާ ވިދާޅުވީ އެ ކުއްޖާ ރޭޕް ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ކުއްޖާގެ މަންމަ ކަމަށް
 
އެފަދަ ކަމެއް ހިނގާފައިވާކަމުގެ މަޢުލޫމާތު އެ މުއައްސަސާއާއި ހިއްސާކޮށްފައިނުވޭ

ދެ ސިފައިން ވެގެން، 15 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށާއި، އެ ސިފައިން އަދިވެސް ތިބީ ވަޒީފާގައި ކަމަށް ބުނެ ދެކެވެމުންދާ ވާހަކައަށް އެމްއެންޑީއެފުން ރައްދުދީފިއެވެ.

ސިފައިންގެ ދެ މީހަކުވެގެން 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވުމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އެފަދަ ކަމެއް ހިނގާފައިވާކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާއި ހިއްސާކޮށްފައިނުވާ ކަމަށެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހުކުރު ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ކުއްލި ބައްދަލުމުގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ 15 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ކުއްޖާގެ މަންމަ ކަމަށެވެ. އަދި އެ މައްސަލައިގައި ކުރިއެރުމެއް ނުލިބިގެން މެންބަރު އަމިއްލަ އަށް ފުލުސް އޮފީހަށް ދިޔަނަމަވެސް އެއްވެސް މަޢުލޫމާތެއް އަދި އެ މައްސަލައިގެ އަޕްޑޭޓެއް ނުލިބުނު ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން އިތުރަށް ބުނީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާހަކަ ދެއްކެވި މެންބަރުންނާއި ފުލުހުންނަށް ގުޅުމުން 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރިކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ ބަޔަކު ބުނެދެވިފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން، ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލެއް ހިނގާފައިވާކަމުގެ މަޢުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ވަގުތުން ފިޔަވަޅު އަޅާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެގޮތައް ޢަމަލު ކުރެވޭނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އަދި ގއ.ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވެސް ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި، އެ ލާއިންސާނީ އަނިޔާވެރި ޢަމަލު ހިނގި ފަރާތްތަކަށް ހައްޤު އަދަބު ލިބުމަށް އެމްއެންޑީއެފުންވެސް އެދޭކަމަށް ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
33%
67%
0%
0%
ކޮމެންޓް