ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 10:45
ކަނޑުހުޅުދޫއިން ފުލުހުން ހައްޔަރުކުރި ދެމީހުން ގެންދަނީ
ކަނޑުހުޅުދޫއިން ފުލުހުން ހައްޔަރުކުރި ދެމީހުން ގެންދަނީ
ޓްވިޓަރ
ދެ އަހަރުނުވާ ކުއްޖާ ރޭޕްކުރި މައްސަލަ
ކުޑަކުއްޖާގެ ކާފައާއި މުނިކާފަ ވެސް ދޫނިދުއަށް ގެންގޮސްފި
 
މިނިސްޓްރީއާއި ފުލުހުން ގުޅިގެން ތަހުޤީޤުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނޭ
 
ފުލުހުންގެ ތަޙުޤީޤް ޓީމެއް 16 ޖެނުއަރީގެ ހެނދުނު ކުއްޖާ ދިރިއުޅޭ ރަށަށް ދިޔަ
 
ތުހުމަތު ކުރެވޭ ތިން މީހުންވެސް ވަނީ ދޫނިދޫއަށް ގެންގޮސްފައި

ގއ ކަނޑުހުޅުދޫގައި ޢާއިލާ މީހުންތަކެއް ވެގެން ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެމީހުން ދޫނިދޫއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އޭނާގެ ބައްޕައާއި ބައްޕަ ފަރާތު ކާފަ (62) ގެ މައްޗަށެވެ.

އޭގެ އިތުރުން، ކުއްޖާގެ މުނިކާފަ (82އ) އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރިކޯޑު އޮންނަ މީހަކަށްވާތީ އޭނާވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

މި 3 މީހުންވެސް މިހާރު ހައްޔަރުކޮށް ދޫނިދުއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށާއި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ފުލުހުންގެ ތަޙުޤީޤް ޓީމެއް 16 ޖެނުއަރީގެ ހެނދުނު ކުއްޖާ ދިރިއުޅޭ ރަށަށް ދިޔުމަށްފަހު ކަމާ ގުޅޭ ފަރާތްތަކާ ސުވާލުކޮށް ހެއްކާއި ޤަރީނާ އެއްކުރުމަށްފަހު 17 ޖެނުއަރީގެ ހެނދުނުގެ ވަގުތެއްގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށް ކޯޓު އަމުރަށް އެދި ހުށަހެޅުނު ކަމަށެވެ.

އަދި އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކޯޓު ޢަމުރު ނެރުމުން މެންދުރުފަހުގެ 1500އާއި 1525 ދެމެދު މި މައްސަލައިގައި ތުހުމަތުކުރެވޭ ބައްޕަ ފަރާތު ކާފައާއި ކުއްޖާގެ މުނިކާފަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.

އޭގެ އިތުރުން، އިތުރަށް ސާފުކުރަން ޖެހޭ މަޢުލޫމާތު ސާފުކުރުމަށްފަހު ކުއްޖާގެ ބައްޕަ 17 ޖެނުއަރީގެ 1930 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި މިނިސްޓްރީއާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް