ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 08:31
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝުއައިބް މުހައްމަދު އިގްބާލް
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖ
15 އަހަރުގެ ކުއްޖާ ރޭޕް ކުރި ދެ ސިފައިން އަދިވެސް ވަޒީފާގައި، އޭގެފަހުން ކިތައް ކުދިން އެމީހުންގެ ޝިކާރައަކަށްވިބާ؟
 
މެމްބަރު ވިދާޅުވީ އެ 15 އަހަރުގެ ކުއްޖާ ރޭޕް ކުރި މީހުން އަދިވެސް ތިބީ މިނިވަންކޮށް
 
އެ މައްސަލައިގެ އަޕްޑޭޓެއް ނުލިބުނު: ރޮޒެއިނާ
 
އެ މައްސަލަ ހުށަހެޅީ އެ ކުއްޖާގެ މަންމަ ކަމަށް ވިދާޅުވި

ދެ ސިފައިން ވެގެން، 15 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށާއި، އެ ސިފައިން އަދިވެސް ތިބީ ވަޒީފާގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހުކުރު ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ކުއްލި ބައްދަލުމުގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ 15 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ކުއްޖާގެ މަންމަ ކަމަށެވެ. އަދި އެ މައްސަލައިގައި ކުރިއެރުމެއް ނުލިބިގެން މެންބަރު އަމިއްލަ އަށް ފުލުސް އޮފީހަށް ދިޔަނަމަވެސް އެއްވެސް މަޢުލޫމާތެއް އަދި އެ މައްސަލައިގެ އަޕްޑޭޓެއް ނުލިބުނު ކަމަށެވެ.

ހަމަ މިސާލަކަށް އަޅުގަނޑު ދަންނަވާލާނަން 15 އަހަރުގެ ކުއްޖެއް ރޭޕުކޮށްގެން ދެ ސިފައިންގެ މީހުން، 15 އަހަރުގެ ކުއްޖެއް ރޭޕްކޮށްގެން، އެ މައްސަލަ އެ ކުއްޖާގެ މަންމަ ފުލުހަށް ހުށަހަޅައިގެން އެއްގޮތަކަށް ކުރިއަށް ނުގޮސްގެން އަޅުގަނޑު އަމިއްލަ އަށް، ޕަރސަނަލީ ވިލި ފުލުހަށް ގޮސްގެން އެތާގައި ހުރެ ވާހަކަ ދައްކައިގެން އޭގެ މައުލޫމާތެއް، ކުރިއެރުމެއް ނުލިބި މިއަދާ ހަމަޔަށް އައި އިރުގައި ހައެއްކަ މަސްވަނީ އަދި ހަމަޔަށް އެއްކަލަ ދެ ސިފައިންގެ މީހުން އެ ސިފައިންގެ ޔުނިފޯރމް އަޅައިގެން ކޮންމެ ދުވަހަލު އޮފީހަށް ގޮސް ގޮސް އެތިބެނީ. ރޭޕް ކުރި ކުއްޖާ އެހެރީ ހުރިގޮތަށް. އެއީ ކާކުކަން ކިޔާނުދެވޭ ވަރުގެ ކުއްޖެއްނޫން. 15 އަހަރުގެ ކުއްޖެއްގެ ވާހަކަ މިދައްކަނީ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

މެންބަރު ވިދާޅުވީ އެ 15 އަހަރުގެ ކުއްޖާ ރޭޕް ކުރި މީހުން އަދިވެސް ތިބީ މިނިވަންކޮށްކަމަށެވެ. އަދި ރޮޒެއިނާ ވަނީ އޭގެ ފަހުން އެމީހުންގެ ޝިކާރައަކަށް ވެފައިވަނީ ކިތައް ކުދިން ކަމާއި މެދު ސުވާލުއުފައްދަވާފައެވެ.

ތަކުރާރުކޮށް މިފަދަ މައްސަލަތައް ވަމުންދާ ކަން ފާހަގަކޮށް ރޮޒެއިނާ ވިދާޅުވީ ސިސްޓަމްގެ ތެރެއިން އެކަހަލަ ކުޑަކުދިންނަށް ލިބެންޖެހޭ ޙައްޤުތައް ނުލިބޭ ކަމަށެވެ. އަދި ރަށްރަށުގައި ވެސް އެކަންކަން އެނގިތިބެ، އެފަދަ ވާހަކަތައް ދައްކަމުންދަނީ ޖޯލިފަތީގައި ތިބެގެން ދައްކާލާ ވާހަކައެއްހެން ކަމަށެވެ.

މެންބަރު ވިދާޅުވީ އެ ފަދަ މައްސަލަތައް ރިޕޯޓު ކުރި ނަމަވެސް އެ ރިޕޯޓުތަކާއި ގުޅޭ ގޮތުންއަޅަންޖެހޭ ފިޔަވަޅުތައް އެކަށިގެންވާ ބާރުމިނުގައި ނޭޅޭ ކަމަށެވެ. އެހެންކަމުން ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓު ކުރެވިފައިވާ އެފަދަ މައްސަލަތައް ރިޕޯޓު ކުރެވިފައިވާ ތާރީހުތަކާއި އެ ފަދަ ކިތައް މައްސަލަ ރިޕޯޓު ކުރެވިފައިވާވޭތޯ ކަމާބެހޭ އިދާރާތަކުން ހޯދަން ފެންނަކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ ކޮމެޓީން އަވަސް ރޭޓެއްގައި މަސައްކަތް ކޮށްފި ނަމަ، އެފަދަ އެތައް ކުދިންނެއް ސަލާމަތްކުރެވިދާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
6%
0%
0%
94%
0%
0%
ކޮމެންޓް