ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 08:41
ހުކުރު ދުވަހު ކުރެވުނު އިހުތިޖާޖުގެ ތެރެއިން
ހުކުރު ދުވަހު ކުރެވުނު އިހުތިޖާޖުގެ ތެރެއިން
VOC Maldives
ޖިންސީ ގޯނާ ކުރުން
ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައާއި ގުޅިގެން ހޮނިހިރު ދުވަހުވެސް މުޒާހަރާ ކުރަނީ
 
އިހުތިޖާޖު ކުރުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގައި
 
އިހުތިޖާޖު ކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި

ގއ. ކަނޑުހުޅުދޫ ގައި ދެ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން ހޮނިހިރު ދުވަހުވެސް އިހުތިޖާޖު ކުރަން ނިންމައިފިއެވެ.

އިހުތިޖާޖު ކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި އާރޓިފިޝަލް ބީޗުގައެވެ.

ކަނޑުހުޅުދޫގަ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާފަގެ އިތުރުން މުނި ކާފައެވެ. އެ ތިން މީހުންވެސް ހުކުރު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު އިހުތިޖާޖު ކުރުމަަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހުވެސް މި މައްސަލައާއި ގުޅިގެން އިހުތިޖާޖު ކޮށްފައިވެއެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީ ކުރިމަތިން ފެށި އިރު އިހުތިޖާޖުގެ ބައިވެރިންވަނީ އެކަމާއި ދެކޮޅަށް އެކި ކަހަލަ ޝޫއުރުތައް ލިޔެފައި ހުރި ޕޯސްޓަރުތައް ބޭނުންކޮށްފައެވެ. އިހްތިޖާޖު ކުރިޔަށް ދަނިކޮށް ޖެންޑަރ މިނިސްޓަރު ޝިދާތާ އެ ޞަރަޙައްދަށް ވަޑައިގެން ޝުޢޫރު ފާޅުކުރަމުންދިޔަ ފަރާތްތަކާއި ބައްދަލުކޮށްފައިވެއެވެ. އަދި ޖެންޑަރ މިނިސްޓަރ އެ ޞަރަޙަދަށް ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތުދޭން ފެށުމުން ޞަރަޙައްދުގައި ތިބި ފަރާތްތަކުން ޝިދާތާގެ އިސްތިޢުފާ އަށް ގޮވާލާފައިވެއެވެ.

އެ މައްސަލާގައި ހިމެނޭ ކުއްޖާގެ ބައްޕަ ފިލަންވެގެން ވަތް ހުޅުމާލެ، 108 ނަމްބަރު ފްލެޓް ކައިރީގައި މުޒާހަރާކޮށްފައިވެއެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާ ފުލުހެއްގެ ބޯ ފަޅާލާފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި މުޒާހަރާ ކުރަމުން ދިޔަ މީހުން ވަނީ އެ މީހާ ފިލަން ވަދެ އޮތް ގޭގެ ބިއްލޫރިތައްވެސް ތަޅާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
5%
5%
0%
89%
0%
0%
ކޮމެންޓް
ގުޅުންހުރި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ
މައުލޫމާތު ހާމަކުރާއިރު، ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރުމަށް ބައްދަލުވުމެއް ބާއްވައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި