ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 22:12
ހުކުރު ދުވަހު ޖެންޑަރ ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ހުކުރު ދުވަހު ޖެންޑަރ ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ކަނޑުހުޅުދޫ ކައުންސިލް ހިމެނޭގޮތަށް މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރަނީ
 
މައްސަލާގައި ޖެންޑަރ މިނިސްޓްރީ އަށް ފާޑުކިޔުން ވަނީ އަމާޒުވެފައި
 
ކުއްޖާ އަށް ޖިންސީ ގޯނާކުރި ތިން މީހުން ވަނީ ހައްޔަރު ކޮށްފައި
 
ފާސްކޮށްފައިވަނީ ބައިވެރިވެ ވަޑައިގެންނެވީ ހަތަރު މެމްބަރުންގެ އިއްތިފާގުން

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކަމާއިގުޅުންހުރި މުއައްސަސާތައް ރައްްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ކަނޑުހުޅުދޫގެ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާފަގެ އިތުރުން މުނި ކާފައެވެ. އެ ތިން މީހުންވެސް ހުކުރު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލާގައި ހުކުރު ދުވަހުގެރޭ މަޖިލީހުގެ ޖެންޑަރ ކޮމިޓީން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު މުގައްރިރުކަން ކުރެއްވި އެ ކޮމިޓީގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ކުޑަ ކުއްޖާއަށް ޖިންސީ ގޯނަކުރި ކަމަށް ތުހުމަތުކުރެވޭ ކުއްޖާގެ ކާފަ ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އެއް ފެންމަތިވެ އެމީހާ ދެކޮޅަށް ދައުވާ އުފުލާފައިި، މައްސަލަ ކުރިޔަށް ނުގެންގޮސް އޮންނަތާ އެއް އަހަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޖީހާން ވިދާޅުވީ ގޮތުގައި ކޮމިޓީއަށް މައުލޫމާތު ލިބިފައިވާގޮތުން އެ ކުއްޖާގެ އާއިލާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތެއްކަމަށް ތުހުމަތު ކުރެވޭއެވެ.

ޖީހާން ވިދާޅުވީ، ކުއްޖާއަކީ ރައްކާތެރިކަން ބޭނުންވެފައިވާ ކުއްޖަކަށްވީ ހިނދު އެކަން ދައުލަތުގެ އިދާރާތަކަށް އެނގިފައިވަނީ ކޮންއިރަކުތޯ އާއި ދައުލަތުގެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ނުވަތަ ރައްކާތެރިކަމަށް ބުރުލެއް އަރާފާނެ ކަމަކަށް ތުހުމަތުކުރެވޭ އެއްވެސް މައްސަލައެއް ހުށައެޅިފައިވޭތޯ ކަނޑުހުޅުދޫ ކައުންސިލް ހިމެނޭގޮތަށް، އިދާރާތައް ކޮމިޓީއަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ޖީހާން ހުށައެޅުއްވީ، ހޮނިހިރު ދުވަހުގެ 14:00 އަށް އެކަމާއި ގުޅުންހުރި، ޗައިލްްޑް ޕްރޮޓެކްޝަން ޔުނިޓް (ސީޕީޑީ)، ޕްރޮސިކިއުޓަރ ޖެެނެރަލް (ޕީޖީ)، ކްރިމިނަލް ކޯޓު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އިތުރުން ކަނޑުހުޅުދޫ ކައުންސިލުން އެ ކުޑަ ކުއްޖާއާއި ބެހޭގޮތުން ލިބިފައިޥާ މައުލޫމާތުތައް ޖެންޑަރ ކޮމިޓީއާ ހިއްސާކޮށް ދިނުމަށެވެ. އަދި ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި ހަތަރު މެމްބަރުން ތާއިދު ލިބިފައިވާ ގޮތަށް ހޮނިހިރު ދުވަހުގުރޭ ނުވައެއް ޖަހާއިރަށް އެ ހުރިހާ މުއައްސަސާތަކެއް ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފައެވެ.

ކުޑަ ކުއްޖާގެ މައްސަލަ ކޮމިޓީން ބަލަން ނިންމާފައިވާއިރު، އެކަމާއި ގުޅިގެން ހުކުރު ދުވަހު މާލޭގެ އިތުރުން ހުޅުމާލެގައި ވަނީ މުޒާހަރާކޮށްފައެވެ. މި ފަހަަކަށް އައިސް ކުޑަ ކުދިންނަށް ޖިންސީ ގޯނާތައް ކުރަމުންދާ މައްސަލަތައް ގިނަވެފައިވާއިރު، އެކަމަކުގައި އެންމެ އެކަށީގެންވާ ފިޔަވަޅުތައް ނޭޅެކަމަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް