ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 20:15
ހުޅުމާލެ ފްލެޓް ސަރަހައްދުގައި ފުލުހުން ފޯރިމަރަނީ
ހުޅުމާލެ ފްލެޓް ސަރަހައްދުގައި ފުލުހުން ފޯރިމަރަނީ
ރާއްޖެއެމްވީ
ކުއްޖާ އަށް ޖިންސީ ގޯނާ ކުރުން
ދެ އަހަރުގެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް ދޫނިދޫ އަށް
 
ކުއްޖާގެ ކާފަ އާއި މުނިކާފަ ވަނީ ހައްޔަރު ކޮށްފައި
 
ފުލުހުންނާ ދެމެދު ކުރިމަތިލުން ތަކެއް ހިނގި
 
އާއްމުން ދަނީ މުޒާހަރާ ކުރަމުން

ގއ. ކަނޑުހުޅުދޫ ގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނަކުރިކަމުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާފަގެ އިތުރުން އަދި މުނިކާފައެވެ. ފުލުހުން ވަނީ އެ ތިން މީހުންގެ ތެރެއިން ކާފަ އާއި މުނިކާފަ ހުކުރު ދުވަހު ހަވީރު ހައްޔަރު ކޮށްފައެވެ.

އެ މައްސަލާގައި ހިމެނޭ ކުއްޖާގެ ބައްޕަ ފިލަންވެގެން ވަތް 108 ފްލެޓް ކައިރީގައި މިހާރުވެސް ދަނީ މުޒާހަރާތައް ކުރަމުންނެވެ. ފުލުހުން ބުނީ އެ މައްސަލަގާއި ހިމެނޭ އުމުރުން 33 އަހަރުގެ އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް އޭނާ ދޫނިދޫ އަށް ގެންގޮސްފައިވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާ ފުލުހެއްގެ ބޯފަޅާލާފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މުޒާހަރާ ކުރަމުން ދިޔަ މީހުން ވަނީ އެ މީހާ ފިލަން ވަދެ އޮތް ގޭގެ ބިއްލޫރިތައްވެސް ތަޅާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
38%
31%
8%
0%
23%
ކޮމެންޓް