ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 19:18
އިރާނުގެ ރައީސް ހަސަން ރޫހާނީ
އިރާނުގެ ރައީސް ހަސަން ރޫހާނީ
ގޫގުލް
އީރާން
ނިއުކުލިއާ އެއްބަސްވުމަށްފަހު އީރާނުން ޔުރޭނިއަން ފައްކާކުރާ މިންވަރު އިތުރުކުރިކަމަށް ބުނެފި
 
އެއްބަސްވުމާ ހިލާފުވީ އެހެން ގައުމުތުކުން ކަމަަށް ރޫހާނީ ތުހުމަތު ކުރައްވާ

ނިއުކުލިއާ އެއްބަސްވުމުގައި ސޮއިކުރި ފަހުން އީރާނުން ޔުރޭނިއަމް ފައްކާކުރާ މިންވަރު އިތުރުކޮށްފައިވާ ކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

59 ވަނަ އީރާނިއަން ސެންޓްރަލް ބޭންކުގެ ޖެނެރަލް އެސެމްބުލީގައި ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވީ އެގައުމުގެ ނިއުކިލިއަރ އިންޑްސްޓްރީ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. ރޫހާނީ މިހެން ވިދާޅުވީ މި އެސެމްބުލީ އެގައުމުގެ ރަސްމީ ޓީވީން ވަގުތުން ދުރައް ދައްކަމުން ދަނިކޮށެވެ.

ރޫހާނީ ވިދާޅުވީ ދުނިޔޭގެ ބާރުތަކާއެކު ވެވުނު އެއްބަސްވުމުގެ ފަހުން ޔުރޭނިއަމް ފައްކާ ކުރާ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މިއެއްބަސްވުމުގެ ފަހުން ފައްކާ ކުރެވިފައިވަނީ ކިހާ ޔުރޭނިއަމްއެއް ކަމަށް ރޫހާނީ ހާމަ ނުކުރައްވައެވެ.

ނިއުކުލިއާ ބާރުގެ މައްސަލައިގައި އީރާނާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާ، ފްރާންސް، ރަޝިއާ، ޗައިނާ އަދި ޖަރުމަނުވިލާތުންނެވެ. ދެ އަހަރު ދުވަހުގެ މަޝްވަރާތަކަށްފަހު އީރާނުން އެއްބަސްވެފައިވަނީ އީރާންގެ ނިއުކުލިއަރ ޕްރޮގްރާމް މަޑުޖައްސާލުމަށާއި، ނިއުކުލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމަށެވެ.

ނަމަވެސް މި އެއްބަސްވުން ހުއްޓުމަކަށް އަންނަން ފެށީ 2018 ވަނަ އަހަރު އެމެރިކާއިން މި އެއްބަސްވުމާއި ދުރަށް ދިޔަ ހިސާބުންނެވެ.

މި ހަފްތާގެ ކުރީކޮޅު ޔޫރަޕްގެ ބާރުގަދަ ތިންގައުމު ކަމަށްވާ ޖަރުމަން، ފުރާންސް އަދި އިނގިރޭސީވިލާތުން ވަނީ އެއްބަސްވުމާއި ހިލާފަށް އިރާނުން ކަންކަން ކުރަމުންދާކަމަށް ބުނެފައެވެ.

ބުރާސްފަތި ދުވަހު ރޫހާނީ ވަނީ ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެންބަރު ގައުމުން އެއްބަސްވުމާއި ދުރަށް ދިޔަކަމަށް ބުނެ، އީރާނުން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ވިދާޅުވެފައެވެ. އަދި އެއްބަސްވުމާ އެއްގޮތަށް އެ ގައުމުތަކުން އެއްބާރުލުން ނުދެއްވާ ކަމަށާއި، އީރާނުން މިކަމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ރޫހާނީ ވިދާޅުވިއެވެ.

2018 ވަނަ އަހަރު އެއްބަސްވުމާ ދުރަށް ދިއުމަށްފަހު ޓްރަމްޕް އެޑްމިނިސްޓްރޭޝަނުން ވަނީ އީރާނަށް ބޮޑެތި ޕްރެޝަރުތަކެއް ކުރުމަށް ނިންމާފައެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަންއިން ވަނީ އީރާނާއެކު ވެފައިވާ ނިއުކުލިއާ އެއްބަސްވުން ނެގެހެއްޓުމަށް ގޮވާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
91%
0%
9%
0%
0%
ކޮމެންޓް