ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 19:20
ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ޒިޖާރޓޯ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ޒިޖާރޓޯ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ
ދިވެހިންނަށް ވިސާއާއި ނުލާ ޔޫރަޕަށް އެތެރެވުމަށް ތާއީދުކުރައްވާކަމަށް ހަންގޭރީގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
 
ރާއްޖެ އާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ މިއަހަރަށް 45 އަހަރުވާނެ
 
ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމަށް ފުރުސަތު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ޔޫރަޕްގެ ގައުމުތަކުން ވަނީ ތާއީދުކުރަން ފަށާފައި
 
ޔޫރަޕަށް ދަތުރުކުރުމަށް ހުރި ގޮންޖެހުންތައް ހައްލު ކުރެއްވުމަށް ފޮރިން މިނިސްޓަރ ގެންދަވަނީ ގިނަމަސައްކަތްތަކެއް ކުރައްވަމުން

ދިވެހިންނަށް ކުރިން ވިސާ ނެގުމަކާއި ނުލާ ޔޫރަޕްގެ ގއުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ތާއީދު ކުރައްވާ ކަމަށް ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ޒިޖާރޓޯ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ނިމިދިޔަ ހަފްތާގައި އިންޑީއާގެ ދިއްލީގައި އޮތް ރައިޒީނާ ޑައިލޮގްގެ ހަވާސާގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޝޭންގެން ވިސާ އެޕްލިކެޝަން ސެންޓަރއެއް މިއަހަރުގެ މާރޗް މަހު މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، ޔޫރަޕަށް ދިވެހިންނަށް ދަތުރުކުރުމަށް ހުރި ގޮންޖެހުންތައް ހައްލު ކުރެއްވުމަށް ފޮރިން މިނިސްޓަރ ޝާހިދު ގެންދަވަނީ ގިނަމަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ޔޫރަޕްގެ ގައުމުތަކާއި އެކު ޝެންގެން ވިސާގެ މަޝްވަރާތައް ބާއްވަމުންދާއިރު، ވިސާ އާއި ނުލާ ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމަށް ފުރުސަތު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ޔޫރަޕްގެ ގައުމުތަކުން މިހާރު ވަނީ ތާއީދުކުރަން ފަށާފައެވެ.

ހަންގޭރީގެ ޚާރިޖީ ވަޒީރާއިއެކު ބޭއްވި މަޝްވަރާތަކުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖޭއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔަރު ކުރި ފްރޭމްވޯކްގެ މަސައްކަތް ހުއްޓާލުމާއި ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވިއެވެ.

ރާއްޖެ އާއި ދެކޮޅަށް ވިލާތުގެ އިއްތިހާދުން ފިޔަވަޅުއެޅުމަށް ނިންމީ 2018 ވަނަ އަހަރު ރާއްޖޭގެ ހާޅަތު ގޯސްވުމާއި ގުޅިގެންނެވެ. ދެވަޒީރުން ވަނީ މޫސުމީ ބަދަލުތަކާއިބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ. ހަންގޭރީ އާއި ރާއްޖެ އާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ މިއަހަރަށް 45 އަހަރުވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް