ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 14:06
ޒައިރާ ވަސީމް
ޒައިރާ ވަސީމް
އީސްޓަންއައި
ޒައިރާ ވަސީމް
ޒައިރާ ވަސީމްއާ ބެހެން އުޅުނު މީހަކު ތިން އަހަރަށް ޖަލަށް
 
ހާދިސާ ހިނގާފައިވަނީ 2017 ވަަނަ އަހަރު

ދަންގަލް އިން އާއްމުންގެ މަގުބޫލު ހޯދާފައިވާ ޒައިރާ ވަސީމް އަށް ޖިންސީ ގޯނާކުރި މީހަކު ތިން އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

ބުދަ ދުވަހު މުމްބާއި ކޯޓުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލާން ހުކުމް ކޮށްފައިވާ 41 އަހަރުގެ ފިރިހެން މީހާގެ މައްޗަށް ސާބިތުވެފައިވަނީ ފްލައިޓެއްގެ ތެރޭގައި ޒައިރާއަށް ޖިންސީ ގޯނާކުރުމުގެ ކުށެވެ.

2017 ވަނަ އަހަރު ޒައިރާއާ ދިމާވި އެ ހާދިސާ އޭނާ ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އިންޑިއާގެ ވެރިރަށް ދިއްލީ އިން މުމްބާއި އަށް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފްލައިޓްގައި ދަތުރުކުރަނިކޮށް ފިރިހެން ފަސެންޖަރަކު އޭނާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ޒައިރާ ވަނީ ތުހުމަތުކޮށްފައެވެ.

ކަޝްމީރުގެ މުސްލިމް އާއިލައަކަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ޒައިރާ ފިލްމީ ދާއިރާއިން ދުރަށްދާން ނިންމާފައިވާކަން ވަނީ ހުސްވި އަހަރު އިއުލާން ކޮށްފައެވެ. ޒައިރާ ބުނެފައިވާ ގޮތުން ފިލްމީ ދާއިރާއިން ވަކިވާން ނިންމީ، ދީނަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ. ޒައިރާގެ ނިންމުމަށް ގިނަ ބައެއްގެ މެދުގައި ބަހުސްކުރުވުނު ބައެއް ފަރާތްތަކުން ފާޑުކިޔުން އޭނާ އަށް އަމާޒުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
3%
84%
3%
6%
3%
0%
ކޮމެންޓް