ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 09:35
ތ.ތިމަރަފުށި
ތ.ތިމަރަފުށި
ތިމަރަފުށި އޮންލައިން
ތ.ތިމަރަފުށި
ތިމަރަފުށީގައި ގެސްޓްހައުސް ހިންގުމަށް ބިން ކުއްޔަށް ދޫކުރަނީ
 
ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް ފުރުސަތު ލިބޭ
 
ބިޑް ހުށަހެޅުމަށް ފުރުސަތު ވަނީ ހުޅުވާލާފައި

ތ.ތިމަރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.

ތިމަރަފުށީ ކައުންސިލުން ބުނީ އެރަށުގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި ފުރުސަތު ހުޅުވާލާފައިވަނީ ދިވެހިންނާއި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށާއި، އިތުރު މައުލޫމާތު ބިޑިންގ ޑޮކިއުމަންޓުން ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ މި ބިންތަކުގައި ގެސްޓުހައުސް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ވިއްކާނީ 02 ފެބްރުއަރީ އިން ފެށިގެން 13 ފެބަރުއަރީ އާހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަޔަށް ކައުންސިލް އިދާރާއިން ކަމަށެވެ. ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ރާއްޖޭގެ ފަރާތެއްނަމަ 1,000.00 (އެއްހާސް ރުފިޔާ) އަދި ބޭރުގެ ފަރާތެއްނަމަ 100.00 (އެއްސަތޭކަ ޔޫއެސް ޑޮލަރު) ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 30 ޖެނުއަރީވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލް އިދާރާގައި ކަމަށެވެ. އަދި ބިޑް ބަލައިގަތުން އޮންނާނީ 27 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައި ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް