ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 08:38
މާލޭސިޓީ
މާލޭސިޓީ
އެޑިޝަން.އެމްވީ
އެންބީއެސް
ގޭބީސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ ފަށަނީ
 
އަތޮޅުތަކުގައި މިސަރވޭގެ މަސައްކަތް ޖެނުއަރީ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ
 
ސުވާލުކަރުދާސްތައް ފުރުމުގެ މަސައްކަތް ޖެނުއަރީ 19 އިން ފެށިގެން ކުރިއަށް ގެންދާނެ
 
މިއީ ކޮންމެ ފަސް އަހަރަކުން ބިއުރޯގެ ފަރާތުން ކުރަމުން އަންނަ ސަރވޭއެއް

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ކުރިއަށްގެންދާ ގޭބީސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރި ގޮތުގެ ސަރވޭ ޖަނަވަރީ މަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެންބީއެސް އިން ނެރުނު ބަޔާނެއްގައި ބުނީ، ގޭބީސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ ނޮވެމްބަރ މަހު މެދުކެނޑާލުމަށްފަހު، މާލެއާއި އަތޮޅުތަކުގައި މި ސަރވޭ ޖެނުއަރީ މަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށާއި، މާލޭގައި ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު ހޮވާލެވިފައިވާ ވަކި ސަރަހައްދުތަކަކުން ތަންތަނުގެ ލިސްޓް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އަދި އޭގެތެރެއިން ގުރުއަތުން ހޮވާލެވޭ ގޭބީސީތަކެއްގައި މި ސަރވޭގެ ސުވާލު ކަރުދާސްތައް ފުރުމުގެ މަސައްކަތް ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށާއި، އަތޮޅުތަކުގައި ވެސް މި ސަރވޭގެ މަސައްކަތް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެންބީއެސް އިން އިތުރަށް ބުނީ، މިއަހަރު ސަރވޭގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެވޭނީ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށާއި، މާލޭގައި މި ސަރވޭ ކުރުމަށް ރޭވިފައިވަނީ ހޮވާލެވޭ ޖުމްލަ 1080 ގޭބިސީއެއްގައި ކަމަށެވެ. އަދި އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4760 ގޭބީސީއެއްގައި މިސަރވޭ ކުރެވޭނެއެވެ.

އޭގެ އިތުރުން، މައުލޫމާތު އެއްކުރަން ގޭބީސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާބެހޭ ލިޔެކިޔުންތަކާއި ކާކުކަން އަންގައިދޭ އައި.ޑީ ކާޑެއް ދެވިފައިވާނެ ކަމަށާއި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 އިން ހަވީރު 6:00 އާއި ދެމެދު ބިއުރޯގެ ޓީމްތައް ސަރވޭގެ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށް އެންބީއެސް ވަނީ ބުނެފައެވެ.

މި ސަރވޭއަކީ ކޮންމެ ފަސް އަހަރަކުން އެ ބިއުރޯގެ ފަރާތުން ކުރަމުން އަންނަ ސަރވޭ އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް