ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 07:05
ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަން ރަމްޒުކޮށްދޭ ޕޯސްޓަރެއް
ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަން ރަމްޒުކޮށްދޭ ޕޯސްޓަރެއް
ގޫގުލް
ޖިންސީ ގޯނާ
ދެކުނުގެ ރަށެއްގައި އާއިލާ މީހުންތަކެއް ވެގެން 2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފި
 
ފުލުހުން ދަނީ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން
 
އެކުއްޖާ ހުރީ ޖެންޑާގެ ބެލުމުގެ ދަށުގައި
 
2 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ އަނިޔާ ދިނީ އެ ކުއްޖާގެ ބަލަދުވެރިން

ދެކުނުގެ ރަށެއްގައި އާއިލާ މީހުންތަކެއް ވެގެން 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދުވަސްވީ މީހަކު އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް މި މަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ބައްޕައާއި، ކާފަ އަދި މުނިކާފައެވެ. އަދި އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ މަންމަ ޑްރަގް ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް ހުއްޓާއެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕައަކީ ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސޯޝަލް މީޑިއާގައި މި މައްސަލައާއި ގުޅިގެން ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުއްޖާގެ މަންމަ ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް އުޅެނިކޮށް އެކުއްޖާގެ ބޮޑުދައިތައެއް އެ ކުއްޖާ ބަލަން ގެންދަން އުޅުމުން އެކުއްޖާގެ ބައްޕަ އެކަމަށް އިންކާރު ކުރި ކަމަށެވެ. އަދި އެ ކުއްޖާގެ ބޮޑުދައިތަ އޭނަ ރީތިކުރަން އުޅުމުގެ ތެރޭގައި ޖިންސީ ގުނަވަނަށް ތަދުވާކަމަށް ބުނުމުން، އަނިޔާ ލިބިފައިހުރި ކަމުގެ ނިޝާންތައް ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކި ކަމަށާއި، އެ ކުއްޖާއަށް ބޮޑެތި ހާނިކަ ވެފައިވާ ކަމަށް މި ޕޯސްޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެއުމަށްފަހު، އެ އާއިލާގެ އެހެން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
1%
1%
5%
91%
1%
0%
ކޮމެންޓް