ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 08:04
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް
ރާއްޖެއެމްވީ
އިކޮނަމިކް މިނިސްޓްރީ
އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލަނީ
 
ރެގިއުލަރައިޒޭޝަން އާއި ގުޅިގެން ދެވޭ ޙިދުމަތްތައް ފިޔަވައި އެހެން ޚިދުމަތްތައް، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލެވޭނެ

އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލާފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ.

އެކްސްޕެޓް އޮންލައިން ސިސްޓަމަކީ ދިވެހި ރާއްޖެއަށް ބިދޭސީ މީހަކު ގެންނަން ބޭނުންވާ ވަޒީފާދޭ ފަރާތްތަކުން ރަޖިސްޓަރ ކުރެވި މައުލޫމާތު ހިމަނާފައިވާ ސިސްޓަމެކެވެ.

އޮންލައިން ރަޖިސްޓްރޭޝަން އަކީ ބިދޭސީ މީހުން ގެނައުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމް ގައި ރަޖިސްޓްރީ ކުރެވި، އޮންލައިން އެޕްލިކޭޝަން ހުށައަޅައި އަދި ކޯޓާ އާއި އެންޕްލޮއިމަންޓް އެޕްރޫވަލް އަށް އެޕްލައި ކުރުމުގެ ގޮތުން ހަދާފައިވާ ސިސްޓަމެކެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށްޓަކައި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެވޭ ޚިދުމަތްތަކުގެ ތެރެއިން ރެގިއުލަރައިޒޭޝަން އާއި ގުޅިގެން ދެވޭ ޙިދުމަތްތައް ފިޔަވައި އެހެން ޚިދުމަތްތައް، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލެވޭނެ ކަމަށެވެ.

އަދި ޚިދުމަތްތައް އަލުން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ގައި ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
50%
50%
0%
ކޮމެންޓް