ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 00:45
ޗާންދަނީ މަގުގައި ހުންނަ ވެލަރިސް ޓޭސްޓް ރެސްޓައުރެންޓް
ޗާންދަނީ މަގުގައި ހުންނަ ވެލަރިސް ޓޭސްޓް ރެސްޓައުރެންޓް
ރާއްޖެއެމްވީ
ވެލަރިސް ޓޭސްޓް
ވެލަރިސް ޓޭސްޓް ރެސްޓައުރެންޓް ހުޅުވައިފި
 
ތަފާތު ވައްތަރުގެ ކޮފީ ލިބޭ
 
ހުރިހާ އުމުރުފުރައަކަށް ޚާއްސަ ވާހަކަ ފޮތްކިއުމުގެ ފުރުސަތު ލިބޭ
 
ކުޑަކުދިންނަށް އެކަށީގެންވާ މަހައުލެއް

ޚާއްސަކޮށް ކުޑަކުދިން ޝައުގުވެރިވާގޮތަށް ފަރުމާކޮށްފައިވާ ރެސްޓައުރެންޓް ވެލަރިސް ޓޭސްޓް ރެސްޓައުރެންޓް ހުޅުވައިފިއެވެ.

ޗާންދަނީ މަގުގައި ހުންނަ މިރެސްޓައުރެންޓް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ.

ވެލަރިސް ޓޭސްޓްގެ އޯނަރު އައިމިނަތު ސަމާހަތު ހުސެއިން ބުނީ މާލޭގެ ގިނަ ރެސްޓައުރެންޓްތަކުގައި ކުޑަ ކުދިންނަށް އެކަށީގެންވާ މާހައުލެއް ނުލިބޭ ކަމަށާއި، ނަމަވެސް ވެލަރިސް ޓޭސްޓް ރެސްޓައުރެންޓުން ލިބޭނެ ކަމަށެވެ. އަދި މިއީ އާއިލާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް އެންމެ އެކަށީގެންވާ ރެސްޓައުރެންޓް ކަމަށް ސަމާހަތު ބުންޏެވެ.

ވާހަކަ ފޮތް ކިއުމުގެ ފުރުސަތު ލިބޭކަން ފާހަގަކޮށް ސަމާހަތު ބުނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކުޑަ ކުދިންނަށް ޚާއްސަކޮށް ވާހަކަ ކިޔާދިނުމުގެ ޕްރޮގްރާމެއް ވެސް ހިންގާނެ ކަމަށާއި، އެންމެ ފަހުގެ މައުލޫމާތުތައް ރެސްޓައުރެންޓްގެ ފޭސްބުކް ޕޭޖުން ފެންނާނެ ކަމަށެވެ.

މީގެ އިތުރުން ސަމާހަތު ބުނީ ރެސްޓައުރެންޓުން ތަފާތު ވައްތަރުގެ ކޮފީތަކާއި، ލުއި ބުއިންތަކުގެ އިތުރުން ތަފާތު ކެއުންތައް ވެސް ލިބޭނެ ކަމަށެވެ. އަދި މިރެސްޓުރެންޓުގައި ޒުވާނުންނަށް ވެސް އުފާވެރި ވަގުތުތަކެއް ހޭދަ ކުރެވޭނެ ކަމަށެވެ.

ވެލަރިސް ޓޭސްޓް ރެސްޓައުރެންޓުގައި އާއިލާއެއް ވަގުތު ހޭދަކުރަނީ
ކުޑަކުދިން ވީހާ ވެސް ބޮޑަށް ގަޔާވާ ގޮތަށް ކަންތައްތައް ހަމަޖެއްސުމަކީ މައިގަނޑު ސަބަބު. ކުޑަ ކުދިންނަށް ވާހަކަ ކިޔުމުގެ ހުނަރާއި، ފޮތަށް ޝައުގުވެރިކުރުމުގެ ހުނަރު ކެއުމުގެ ތެރެއިން އެކުދިންނަށް ހޯދާއިދޭން ބޭނުންވޭ. އެފުރުސަތު މިރެސްޓައުރެންޓުން ލިބޭނެ. އެގޮތުން އަޅުގަނޑުމެން ވިސްނުން އެބައޮތް ކޮންމެ ހުކުރެއް ނޫނީ ހޮނިހިރެއްގައި ވާހަކަ ކިޔާދޭ ގޮތަށް ހަމަޖައްސަން. ވަގުތު އަދި ކަނޑައަޅާ ފޭސްބުކް ޕޭޖުގައި އަޕްޑޭޓް ކުރާނަން
ވެލަރިސް ޓޭސްޓްގެ އޯނަރު ސަމާހަތު

ވެލަރިސް ޓޭސްޓް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ރޭގަނޑު 10:30 އަށްށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
81%
0%
6%
6%
6%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި