ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 22:06
ފޭރުނު ކަމަށް ބެލެވޭ ފައިސާ
ފޭރުނު ކަމަށް ބެލެވޭ ފައިސާ
ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
ދުވަސްވީ މީހެއް އަތުން 4000 ރުފިޔާ ފޭރިގަތް މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
 
ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއް
 
ރިޕޯޓު ލިބިފައިވަނީ ޖެނުއަރީ 16 ވަނަ ދުވަހުގެ 13:45 ހާއިރު
 
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނޭ

ދުވަސްވީ މީހެއް އަތުން 4000 ރުފިޔާ ފޭރިގަތް މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ކަމާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ޖެނުއަރީ 16 ވަނަ ދުވަހުގެ 13:45 ހާއިރު މާލެ ގެސްޓުހައުސް އަކަށް އުމުރުން ދުވަސްވީ ފިރިހެނެއް ވައްދާ 4000 ރުފިޔާ ފޭރިގަނެފައިވާ މައްސަލައެއް ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އަދި މި މައްސަލައިގައި އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި ދެ މީހުން ބަލައި ފާސްކުރުމުގެ ތެރޭގައި ފޭރިގަނެފައިވާ ކަމަށް ބެލެވޭ 4000 ރުފިޔާއާއި ފިރިހެން މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް