ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 23:07
ޑީއަރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޑީއަރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޝުއައިބް މުހައްމަދު އިގްބާލް
ދިވެހި ރައްޔިތުންގެ ޕާޓީ
ދިބާޖާގެ ހުކުމް ތަންފީޒު ނުކޮށްގެން ޑީއާރްޕީގެ ކަންބޮޑުވުން
 
ދިބާޖާ އިން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައި
 
ގެއްލުމުގެ ދެބައި ކުޅައި އެއްބައި ދޭން ރައީސް އަށް ލަފާއަރުވާފައިވޭ
 
ބުދަ ދުވަހު ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލް ކޮށްފައި

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކާތީވެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއަރްޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެއްބަސްވުމަކާއި ޚިލާފުވުމުގެ ސަބަބުން ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ހުސްވި އަހަރުގެ އެޕްރީލް މަހުއެވެ. ދީބާޖާ މައްސަލާގައި މިހާރު ކުރިއަށް ދަނީ ދީބާޖާއަށް ދައުލަތުން ދައްކަންޖެހޭ ފައިސާއާމެދު ދެ ފަރާތުގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމުމުގެ މަރުހަލާއެވެ.

އެގޮތުން ދީބާޖާ އަށް ލިބުނު ގެއްލުމުގެ ދެބައިކުޅައި އެއްބައި ކަމަށްވާ 174 މިލިއަން ރުފިޔާ ދޭން ރައީސް އޮފީހުގެ ސެޓްލްމެންޓް ކޮމިޓީން ވަނީ ރައީސް އަށް ލަފާއަރުވާފައެވެ.

ދިބާޖާގެ މައްސަލައިގެ ހުކުމް ތަންފީޒު ކުރުމަށް ބުދަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުދަ ދުވަހު ބޭއްވުމަށް ތާވަލް ކޮށްފައިވާ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

ޑިއާރްޕީން ކަންބޮޑުވުން ފާޅުކޮށް ޕާޓީގެ އޮފިޝަލް އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުގެ މައްޗަށް ތަންފީޒުކުރަން ލާޒިމް ކަމަށެވެ.

ދިބާޖާ އަށް ފައިސާ ނުދީ ލަސްކުރުމުން ރައްޔިތުންނަށް އިތުރަށް ގެއްލުން ވެދާނެތީ ކަންބޮޑުވުން ފާޅުކުރަމުން ޑީއަރްޕީން ވަނީ، ދީފައިވާ ލުއިއާ އެކު އަވަކަށް ދިބާޖާ މައްސަލަ ނިންމުމަށް ސަރުކާރަށް ގޮވާލާފައެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނީ ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ރައީސް ވަހީދުގެ ސަރުކާރުގައި ބާޠިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ. އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ، ޅ. އަތޮޅު ހިމެނޭ ގޮތަށް ފެރީގެ ޚިދުމަތް ދިނުމަށް އުފެއްދި ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް