ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 20:21
ރައީސް ސޯލިހު، އޮފިޑްގެ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް ސޯލިހު، އޮފިޑްގެ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް އޮފީސް
އޮފިޑުން ރާއްޖޭގައި ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ބެހޭ ގޮތުން ރައީސްއާ މަޝްވަރާކުރައްވައފި
 
ގާތް އެކުވެރިއެއްގެ ގޮތުގައި އޮންނާނެ: އޮފިޑް
 
ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި: ރައީސް އޮފީސް
 
އޮފިޑްގެ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި

އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ފަންޑުކޮށްގެން ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއު ތަކާއި ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާ ކުރައްވައިފިއެވެ.

އޮފިޑުން އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވަނީ އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަބްދުލް ހަމީދު އަލް ހަލީފާ، ބުރާސްފަތި ދުވަހު ރައީސް ސޯލިހުގެ އަރިހަށް ކުރެއްވި ޒިޔާރާތުގައެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އޮފިޑްގެ ޑިރެކްޓަރ ޖެނެރަލްގެ އިތުރުން އޮފިޑްގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ދިވެހިރާއްޖެއަށް މަރުހަބާ ވިދާޅުވެ، އޮފިޑްގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން އޮފިޑުން ފަންޑުކޮށްގެން ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއު ތަކާބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމްގެ އިތުރުން ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ރާއްޖެ ތަރައްގީގެ މަގުގައި ކުރަމުންގެންދާ މަސައްކަތުގައި ގާތް އެކުވެރިއެއްގެ ގޮތުގައި އޮފިޑުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް، ރައީސް ސޯލިހު އަރުވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް