ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 19:00
ހެލްތް މިނިސްޓަރު އަމީން
ހެލްތް މިނިސްޓަރު އަމީން
ހެލްތު މިނިސްޓްރީ
ހިމަބިހި
އިތުރު 8 މީހަކު ހިމަބިއްސަށް ޓެސްޓްކޮށްފި
 
ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރިޔަށް: އަމީން
 
އިތުރު މީހެެއްގެ ފަރާތުން ބަލި ފެނިފައިނުވޭ
 
މާލެގައި ތަނެއް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވި

ރާއްޖެއިން އެއްކޮށް ނައްތާލެވިފައި ވަނިކޮށް މިހާރު އާއްމުވެގެން އުޅޭ ''ހިމަބިހި'' އަށް އިތުރު އަށްމީހަކު ޓެސްޓްކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން, ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ބައްޔަށް ޝައްކުވި މީހުންގެ ޓެސްޓްތައް ހަދާފައިވާ ކަމަށެވެ. އެކަމަކު އެ ޓެސްޓު ތަކުގެ ނަތީޖާއެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

އަމީން ވިދާޅުވީ، ހިމަބިހި ޖެހިގެން ފަރުވާދޭން ޖެހޭ މީހުންނަށް ހުޅުމާލެގައި ތަނެއް ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި މާލެގައިވެސް ބަލި ޖެހިގެން ފަރުވާދޭ މީހުންނަށް ތަނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފަރުވާދޭން ވަކި ތަނެއް ގާއިމްކުރުމާއި އެކު ބައްޔަށް ޝައްކު ކުރެވޭ މީހުން އިތުރުވާނަމަ ފަރުވާދެމުންދާނެ ކަމަށް އަމީން ވިދާޅުވިއެވެ. ހެލްތް މިނިސްޓްރީން ވަނީ ވިލިމާލެ އިން ހިމަބިއްސަށް ޝައްކު ކުރެވޭ މީހުން މާލެ ގެނެވޭ އިންތިޒާމް ހަމަޖައްސާފައެވެ.

އަމީން ވިދާޅުވީ، މިހާރު އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދަނީ ހިމި ބިހި ފެނިފައިވާ ސަރަހައްދުތަކުގައި ހުރި ގެތަކުގެ މީހުންނަށް ވެކްސިން ދިނުމާއި، ހޮސްޕިޓަލުގައި ބަލި މީހުންނަށް ހިދުމަތް ދިނުމުގައި ''ފްރޮންޓް ލައިން'' ގައި ތިބި މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގެ 70 ޕަސެންޓް މީހުންނަށް ވެކްސިން ދެވިފައިވާ ކަމަށެވެ.

ފާއިތުވި ދެ ދުވަހު ހެދުނު ޓެސްޓުތަކުން އިތުރު އެއްވެސް މީހަކަށް ހިމަބިހި ޖެހިފައިނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހެލްތް މިނިސްޓްރު ވިދާޅުވީ ގޮތުގައި، އަތޮޅު ތެރޭގައި ވެކްސިން ނުޖަހާ މީހުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރިޔަށްދާއިރު، އެ މިނިސްޓްރީން ދެން ބާއްވާ ނޫސްކޮންފަރެންސްގައި އެ މައުލޫމާތު ލިބެނެއެވެ.

ރާއްޖެއަކީ ހިމަބިހި (މީސްލްސް) ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 2017 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ކަނޑައަޅާފައިވާއިރު، މި ބަލި ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ މި ހަފްތާ ތެރޭގައެވެ.

ބަލި ފެނިފައިވަނީ އުމުރުން ތިން އަހަރުގެ ކުއްޖެއްގެ ހަށިގަނޑުންނެވެ. އެއަށް ފަހު ހެލްތް މިނިސްޓްރީއާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ދަނީ ހިމަބިއްސަށް ޝައްކު ކުރެވޭ ފަރާތްތަށް ޓެސްޓު ކުރަމުންނެވެ. އަދި ބައްޔަށް ޝައްކުވާ ފަރާތްތަކުން ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް