ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 13:25
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ޔޫސުފް ސޮފްވާން ރަޝީދު
އިރުވައި ކޮންފަރެންސް
އާ އޮނިގަނޑުގެ ތެރެއިން ކައުންސިލްތަކުން ބޭނުންވާ މުވައްޒަފުން ހޯދަން ހުއްދަ ހޯދާކަށް ނުޖެހޭނެ
 
ކައުންސިލްތަކުން ބަޖެޓް ހަދާއިރު ކައުންސިލްތަކަށް ބޭނުންވާ މުވައްޒަފުންނާއި މުސާރަ އާއެކު ހިމަނަންޖެހޭނެ

މީގެކުރިން ކައުންސިލްތަކުން މުވައްޒަފުން ބޭނުންވެގެން އެކަމަށް ހުއްދަ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހުނަސް މިހާރުގެ އާ އޮނިގަނޑުގެ ދަށުން އެކަން އެގޮތަށް ކުރަން ނުޖެހޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ "ތިލަދުންމަތި އިރުވައި ކޮންފަރެންސް" ގެ ބައިވެރިން އެކަމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ޤާނޫނަށް އައިސްފައިވާ ބަދަލާއެކު އެކަން ފިނޭންސް މިނިސްޓްރީން ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށެވެ. އެހެންނަމަވެސް ކައުންސިލްތަކުން ބަޖެޓް ހަދާއިރު ކައުންސިލްތަކަށް ބޭނުންވާ މުވައްޒަފުންނާއި މުސާރައާއެކު ހިމަނަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކަންކަން ހުންނަންވާނީ ރަނގަޅަށް ބަޖެޓް ކުރެވިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކައުންސިލްތަކުން ބޭނުންވާ ދާއިރާއަކުން މުވައްޒަފުން ނެގުމުގެ މިނިވަންކަން ކަައުންސިލްތަކަށް ލިބިގެންދާނެ ކަމަށާއި ނަމަވެސް އެކަން ހުންނަންވާނީ ބަޖެޓްގައި ޖެހިފައިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިދަންނަވާ ވާހަކައަކީ ތިބޭފުޅުން ބަޖެޓް ހަދާއިރު ކުރިޔަށް އޮތްއަހަރު ތެރޭގައި ނަގަންބޭނުންވަނީ މިސާލަކަށް ސަރވޭއަރެއް، އިންޖިނިއަރެއް، ޓެކްނިކަލް އެކައުންޓެންޓެއް މިވެނި މީހެއް. މިމީހުންނަށް ތިމަންނަމެން ބޭނުންވަނީ މިވެނި މުސާރައޭ. އެބަޖެޓް ރަނގަޅަށް ކުރަންވަންވާނޭ. އެބަޖެޓް ކުރާއިރު އެބަޖެޓް ހަދަންވާނީ މިސާލަކަށް އަޅުގަނޑުމެން މިދޭ ގްރާންޓް ބްލޮކް ގްރާންޓަށް ބަލައިގެން އެ ގްރާންޓުން ވާވަރަށް ބަޖެޓް ހަދަންވާނީ. އޭގެއިތުރަށް ބަޖެޓް ހަދާއިރު އަޅުގަނޑުމެން ކައުންސިލްތައް ބަޖެޓް ހަދާ އުސޫލު ގައި ހިމަނާފައިވާނެ ބަޖެޓް ހަދާ އިރު ރިކަރެންޓް އެކްސްޕެންޑިޗަރ ހުންނަން ޖެހޭނެ އިންސައްތަ ކެޕިޓަލް އެކްސްޕެންޑިޗަރ ހުންނަންޖެހޭ އިންސައްތަ އެހުރިހާ ބެންޗުމާކްތަކަށް ބަލައިގެން ތިބޭފުޅުން ބަޖެޓް ހަދާއިރު ތިބޭފުޅުންގެ އަމިއްލަ މިނިވަންކަމުގެ ތެރޭގައި އިތުރު މުވައްޒަފުންވެސް ނެގިގެންދާނެ. އެހެންވީމާ އޭގެ އެއްވެސް ހުރަހެއް ނޯންނާނެ ކުރިޔަށް އޮތްތަނުގައި.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

މިނިސްޓަރ ވިދާޅުވީ ނަގާނެ މުވައްޒަފުންގެ ޢަދަދާއި މުސާރަ ކަނޑައަޅާނީ އެ ކައުންސިލަކުން ކަމަށާއި އެކަމުގައި އެންމެ ރަނގަޅަށް ނަތީޖާ ޙާޞިލުކުރެވޭނެ ގޮތަކަށް ވިސްނުމަކީ މުހިންމު ކަމެއް ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ