ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 14:49
އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގެ ބައިވެރިން ކުޅދުއްފުށީ "ސީކުއީން" ބޯޓުގައި
ރާއްޖެއެމްވީ
އެޖެންޑާ19 ރަށަށް
އެޖެންޑާ 19 ރަށަށް: ތިލަދުންމަތީ ދަތުރު ނިންމާލުމަށްފަހު އެމްޑީޕީގެ ޓީމުން އެނބުރި މާލެއަށް
 
މި ދަތުރު ފަށާފައިވަނީ އާދިއްތަ ދުވަހު ހަވީރު 4:30 ގައި
 
މި ދަުތުރުގައި ޖުމްލަ ތިލަދުންމަތީގެ 11 ރަށަކަށް ޓީމުން ވަނީ ޒިޔާރަތް ކުރައްވާފައި
 
ދަތުރު ނިންމާލުމަށްފަހު ޓީމުން އެނބުރި މާލެ އައިސްފައިވަނީ ބުރާސްފަތި ދުވަހު މެންދުރު 2:30 ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތިލަދުންމައްޗަށް ކުރި ދަތުރު ނިންމާލުމަށްފަހު ދަތުރުގެ ބައިވެރިން އެނބުރި މާލެ އަތުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ޕާޓީގެ އިސް މަސްއޫލުވެރިންނާއި، ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި، ޕާޓީގެ ޢާންމު މެންބަރުން ބައިވެރިވި މި ދަތުރު ނިންމާލުމަށްފަހު ބައިވެރިން އެންބުރި މާލެ އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 2:30 ގައެވެ.

މިދިޔަ އާދިއްތަ ދުވަހު ހަވީރު 4:30 ގައި ކުޅުދުއްފުށީ " ސީކުއީން" ބޯޓުގައި މާލެއިން ފުރައިގެން ދިހަ ގަޑިއިރުގެ ދަތުރެއް ކުރުމަށްފަހު ޓީމަށް ހއ. އަތޮޅަށް ދެވުނީ ހޯމަ ދުވަހު ހެނދުނު 7:30 ގައެވެ. މި ދަތުރުގައި ހޯމަ ދުވަހު ހއ،. އަތޮޅުގެ ފަސް ރަށަކަށް ޓީމުން ޒިޔާރަތް ކުރެއްވިއެވެ.

އެ ރަށްތަކަކީ ހއ. އިހަވަންދޫ، ހޯރަފުށި، ކެލާ، ބާރަށް އަދި ދިއްދޫއެވެ. ދިއްދޫގައި ހޯމަ ދުވަހުގެ ރޭ ވަނީ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އެއަށްފަހު އަންގާރަ ދުވަހު ވަނީ ހދ. އަތޮޅުގެ ހަ ރަށަކަށް ޓީމުން ވަނީ ޒިޔާރަތް ކޮށްފައެވެ. އެރަށްތަކަކީ ހދ ހަނިމާދޫ، ނޭކުރަންދޫ ކުމުންދޫ، ވައިކަރަދޫ ނޮޅިވަރަން އަދި ކުޅުދުއްފުއްޓަށް ގޮސްފައެވެ.

މި ދަތުރުގައި ކޮންމެ ރަށެއްގައިވެސް ޓީމުން ވަނީ ގްރޫޕްތަކަށް ބަހާލައިގެން ދޮރުން ދޮރަށް ކެމްޕޭން ހިންގާފައެވެ. އަދި ކަންމަތީ ބައްދުލުވުން ބާއްވާ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ޕާޓީގެ ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުވެސް ވަނީ އަންގާރަ ދުވަހު ހަވީރު ބައިވެވަޑައިގެންފައެވެ. އެމްޑީޕީގެ ޓީމާއި އެކު ދެރައީސުން އެކުގައި ވަނީ ހދ. ވައިކަރަދޫ ނޮޅުވަރަން އަދި ކުޅުދުއްފުއްޓަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ދެރައީސުން ވަނީ ކުޅުދުއްފުށީގައި ބުދަ ދުވަހު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ބައިވެރިވާ ތިލަދުންމަތީ އިރުވައި ކޮންފަރެންސް ގައި ބައިވެރިވެވަޑައިގެންފައެވެ. މިކޮންފަރެންސް ފައްޓަވައިދެއްވީ ރައީސް ސާލިޙު އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ފަރާތުން ޓީމަށް ވަނީ މަލާފަތެއް އަރުވާފައެވެ.

އެއަށްފަހު ބުދަ ދުވަހުގެ ރޭ އެމްޑީޕީން ވަނީ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ޓީމު ކުޅުދުއްފުށިން ފުރީ ބުދަ ދުވަހުގެ ރޭ 1:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
25%
0%
0%
50%
0%
25%
ކޮމެންޓް
16 ޖެނުއަރީ 2020 | ބުރާސްފަތި 16:44
ޢަދުރޭ
7:30 4:30 ދިހަގަޑިއިރުބާވާނީ ނަންވާނީ އަހަރެން